އެކްސް-އޯ ކިޓީގެ ކާމިޔާބު ދެ ސީޒަންއަށް ފަހު ނެޓްފްލިކްސް އިން މިހާރު ތައްޔާރުވަމުންދަނީ ސީޒަން ތިނޭއް ނެރުމަށެވެ. ކުރިން ޕްރިއަރ ކުރި ދެ ސީޒަންއެކޭ އެއްގޮތަށް މި ސީޒަނުންވެސް ފެނިގެން ދާނީ ބެލުންތެރިންގެ މެދުގައި މަޤުބޫލުވި ކިޓީ ސޯންގް ކޯވީ އާއި މިން ހޯ މޫން ނުވަތަ ކުރުކޮށް ބުނާނަމަ “މޫންކޯވީ”ގެ ލޯބީގެ ވާހަކައެވެ. މި ވާާހަކައަށް ބެލުންތެރިން އިންތިޒާރު ކުރަނީ ވަރަށް ޝައުގުވެރިކަމާ އެކުގައެވެ.
ސީޒަން 3 ފެށިގެން ދާނީ ސީޒަން 2 ނިންމާލި ހިސާބުންނެވެ. އެއީ ކިޓީ ކޮރިއަން އިންޓާނޭޝަނަލް ސްކޫލް އޮފް ސިއޯލްގައި އާ އަހަރެއް ފަށައިގަތުމާ އެކުގައެވެ. ބެލުންތެރިން ހީނުކުރާ ކަހަލަ ކަންތައްތަކެއް މި ސީޒަނުން ފެނިގެން ދާނެކަން ޔަގީނެވެ.
މުޅި ސީރީޒްއަށް ބަލާއިރު، މި ސީރީޒްގައި އެކުލެވެނީ ހީނުކުރާ ކަހަލަ މަޖާ ކަންތައްތަކާއި ހިތަށް އާދަޔާ ޚިލާފު ކަންތައްތަކެއް ދިމާވާ ކަހަލަ ސީރީޒް އެއްގެ އިތުރަށް ޒުވާން އުމުރުފުރައިގެ ކުދިންނަށް ދިމާވެފައިވާ ކަންތައްތައް ކިޔައިދޭ ސީރީޒެއްގެ ގޮތުގައެވެ. ވޭތުވެދިޔަ ފުރަތަމަ ދެ ސީޒަން ކާމިޔާބު ވިގޮތަށް މި ސީޒަން ވެސް ކާމިޔާބު ސީޒަން އަކަށް ވާނެކަމަށް ގަބޫލުކުރެވެއެވެ.
މި ސީރީޒްގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ އެނާ ކެތުކާޓް ( މަޝްހޫރު ވެފައިވަނީ ޑިސެންޑަންޓްސް ފްރޭންޗައިސް ގެ 2 ވަނަ އަދި 3 ވަނަ ސީޒަން އިން ފެނިގެން ދިޔަ ޑިޒީ ޓްރެމައިންގެ ރޯލުންނެވެ.) އޭނާގެ އިތުރަށް ދެން ފެނިގެންދާނީ ޗޮއި މިން ޏިއޮންގްއެވެ. އޭނާގެ ރޯލަކީ ޑެއި ކިމް އެވެ. ދެން ފެނިގެންދާނީ މިން ހޯ ގެ ރޯލް ކުޅެމުން އަންނަ ސަންގް ހިއޯން ލީއެވެ. މެއިން ކާސްޓުންގެ އިތުރަށް ދެން ފެންނާނީ ގިއާ ކިމްއާއި އެންތޮނީ ކޭވަން ފަދަ ކާސްޓުންނެވެ.
އެކްސް އޯ ކިޓީގެ މިސީޒަން ގެ ޝޫޓިންގ ވަނީ މިދިޔަ އަހަރުގެ ޖުލައި މެދެއް ހާ ހިސާބުގައި ނިންމާފައެވެ. ނިމިގެން ދިޔަ ދެ ސީޒަނެކޭ އެއްގޮތަށް މި ސީޒަންގެ ޝޫޓިންވެސް ކުރިއަށް ގެންދިޔައީ ކޮރެއާގެ ސްޓޭޓެއް ކަމުގައިވާ ސިއޯލްގައެވެ.
ނެޓްފްލިކްސްގެ އިތުރަށް މި ސީރީޒްގެ ބައެއް ކާސްޓުން ވަނީ މީސް މީޑިޔާ ގައި ކެމެރާގެ ފުރަގަހުން ނަގާފައިވާ ފޮޓޯ ތަކާއި ވީޑިއޯތައް ޝެއަރ ކޮށްފައެވެ.
ގިނަ ޚަބަރުތައް ބުނާ ގޮތުގައި ސީޒަން 3 ޕްރިމިއަރ ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ފުރަތަމަ ކޮޅުގައެވެ. އެހެންނަމަވެސް ޓްރެއިލަރ އެއް ނުވަތަ ޕޯސްޓަރެއް ނެރެފައި ނުވާތީ އަދި ސީދާ ތާރީޚެއް އެނގިފައެއް ނުވެއެވެ. މި ސީޒަނަކީ ފައިނަލް ސީޒަން ކަމަށް އަދި އެނގިފައިވެސް ނުވެއެވެ.
އެންމެނަށް ކަމުދާ ކަހަލަ ލީޑު ކެރެކްޓާސް އާއި މީހުންގެ ހިތްތައް ދަމައިގަންނަ ފަދަ ސްޓޯރީލައިން އެެއްގެ ސަބަބުން ސީޒަން ތިނެއް ވެގެންދާނީ ބިންޖު ވޮޗްގެ ލިސްޓަށް ދާނެ ސީރީޒްއެއްގެ ގޮތުގައެވެ. ކިޓީގެ ވާހަކަ އަދި ނުނިމެއެވެ. ބެލުންތެރިން ހީނުކުރާ ކަހަލަ ކަންތައްތަކެެއް މި ސީޒަނުން ފެނިގެން ދާނެކަން ޔަޤީނެވެ.
