ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕޮލިހާއި އެމްޓީސީސީއަށް ފަސޭހަ މޮޅެއް
ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިންޓަރ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕް ވިމެންސް ޑިވިޝަންގެ ނުވަވަނަ މެޗުން މޯލްޑިވްސް ޕޮލިސް ސާވިސް އަދި ދިހަވަނަ މެޗުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) މޮޅުވެއްޖެއެވެ.

މި މުބާރާތުގެ ނުވަވަނަ މެޗްގައި ވާދަކުރީ، ކުޅުނު ތިން މެޗުން ވެސް ފަސޭހަކަމާއެކު މޮޅުވެފައިވާ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް ހެލްތު އެވެ. މިމެޗަށް ހެލްތުން ނުކުތްއިރު އެޓީމު ވަނީ ކުޅުނު ދެމެޗްގެ ތެރެއިން އެއް މެޗުން މޮޅުވެފައެވެ. ކުރީ ތިން މެޗް ފަދައިން މިމެޗުން ވެސް ޕޮލިސް މޮޅުވީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް ޕޮލިސް ހޯދީ 11-25، 8-25 އަދި 11-25 އިންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް ޕޮލިސް ސާވިސް ކުޅުނު ދެވަނަ މެޗްގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެޓީމުގެ ޖޯޒީ ނަންބަރު 13 ހައިފާ އިމާދު އެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މުބާރާތުގެ ދިހަވަނަ މެޗްގައި ވާދަކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ އެވެ. މިމެޗަށް ނުކުތްއިރު އެމްޓީސީސީ ދެމެޗުން، އަދި އެއާރޕޯޓްސް ކޮމްޕެނީ އެއް މެޗުން ވަނީ މޮޅުވެފައެވެ. ފަސޭހަކަމާއެކު ސީދާ ތިން ސެޓުން އެމްޓީސީސީ ކާމިޔާބުކުރި މިމެޗްގެ ސެޓްތައް ގެންދިޔައީ 25-8، 25-15 އަދި 25-16 އިންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޓީސީސީގެ ޖޯޒީ ނަންބަރު 3 ފާތިމަތު މަޒިއްޔާއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top