ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިޔާ ވެސް ބަލިކޮށް ރާއްޖެ އެއްވަނައިގައި
ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން

ސާފް ފުޓްސެލް ޗެންޕިއަންސިޕްގައި ދިވެހިރާއްޖެ ކުޅުނު ތިންވަނަ މެޗް ވެސް ކާމިޔާބުކޮށް އެއްވަނައިގައި ހަމަޖެހިލައިފި އެވެ. އިންޑިޔާއާއި ރާއްޖެ ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބުކުރީ 5-0 އިންނެވެ. ކުރިން ދެ މެޗްގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ރާއްޖެ ޓީމު މިމެޗްގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ފުރަތަމަ ހާފު 1-0 އިން ރާއްޖެ ކުރީގައި އޮވެގެން ނިންމާލިއިރު، ރާއްޖެއަށް ގޯލް ޖަހައިދިނީ ކެޕްޓަން އިމްރާން އެވެ.

ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން

ދެވަނަ ހާފުގައި ރާއްޖެއިން ހަތަރު ގޯލް ޖެހިއިރު ގޯލްތައް ޖަހައިދިނީ 3 ވަނަ މިނިޓްގައި ޝާފިއު، 5 ވަނަ މިނިޓްގައި ޝަމާލް، 9 ވަނަ މިނިޓްގައި އިމްރާން، 19 ވަނަ މިނިޓްގައި އަހްމަދު ހަމީދު އެވެ. މިމެޗްގެ ފަހު ހާފުގައި އިންޑިޔާ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑެއް ވެސް ދައްކާފައެވެ.
ކުޅުނު ތިން މެޗް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު އެއްވަނައިގައި ރާއްޖެ އޮތްއިރު ދެވަނައިގައި އޮތީ 4 މެޗުން ހަތް ޕޮއިންޓް ހަމަކުރި ޕާކިސްތާނެވެ. 5 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ނޭޕާލެވެ.

1
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top