ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލަންކާގެ ސްކޫލެއްގެ ޖޫނިއަރ ހެޑް ޕްރިފެކްޓަކަށް ދިވެހި ދަރިވަރެއް
ޑޭބްރިޖް އިންޓަރނޭޝަނަލް ސްކޫލްގެ ޖޫނިއާ ޕްރިފެކްޓް ބެޗް. މެދުގައި ހެޑް ޕްރިފެކްޓް މަރިޔަމް ޔާނާ ނާފިއު (ގްރޭޑް 6)

ލަންކާގެ އިންޓަރނޭޝަނަލް ސްކޫލެއް ކަމަށްވާ ޑޭބްރިޖް އިންޓަރނޭޝަނަލް ސްކޫލްގެ ޖޫނިއަރ ހެޑް ޕްރިފެކްޓް އަކަށް ދިވެހި ދަރިވަރެއް ހޮވިއްޖެއެވެ.

އެ ސްކޫލްގެ ޖޫނިއަރ ހެޑް ޕްރިފެކްޓަކަށް ހޮވިފައިވާ ދަރިވަރަކީ ސ.ފޭދޫ / ޖީޒާ، މަރިޔަމް ޔާނާ ނާފިއުއެވެ. ޔާނާ އަކީ ޑޭބްރިޖް އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 6 ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. ޕްރިފެކްޓް ބެޖް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ޖޫނިއަރ ކުދިންނަށް ހުވާލައި ދިނީވެސް، ޖޫނިއަރ ހެޑް ޕްރިފެކްޓް ޔާނާ ނާފިއު އެވެ.

 

ޔާނާ ނާފިޢު

ޑޭބްރިޖް އިންޓަރނޭޝަނަލް ސްކޫލަކީ ދިވެހި ކުދިން ގިނަ އަދަދަކަށް ކިޔަވަމުންދާ ސްކޫލެކެވެ. ރާއްޖޭން ބޭރުގެ ސްކޫލްތަކުގައި ދިވެހި ކުދިން ވިދަމުން އަންނަކަމީ ފަޚުރުވެރިވާ ކަމެކެވެ.

31
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top