ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލަންކާގެ ސްކޫލެއްގައި ދިވެހި 7 ކުދިން ޕްރިފެކްޓުންނަށް
ޑޭބްރިޖް އިންޓަރނޭޝަނަލް ސްކޫލްގެ ޑެޕިއުޓީ ކެޕްޓަން އީޝާ ޙުސައިން ޝުޖާއު (އޯ.ލެވެލް ބެޗް ގްރޭޑް 10)

ސްރީލަންކާގެ އިންޓަރނޭޝަނަލް ސްކޫލެއް ކަމަށްވާ ޑޭބްރިޑްޖް އިންޓަރނޭޝަނަލް ސްކޫލްގެ އާ އަހަރަށް ޕްރިފެކްޓް ބޯޑު އެކުލަވާލިއިރު، ދިވެހި 7 ދަރިވަރުން ޕްރިފެކްޓް ބޯޑުގައި ހިމެނިއްޖެއެވެ.

ސްކޫލްގެ ޑެޕިއުޓީ ހެޑް ޕްރިފެކްޓް ނުވަތަ ޑެޕިއުޓީ ކެޕްޓަނަކަށް ހޮވިފައިވަނީ އީޝާ ހުސައިން ޝުޖާއުއެވެ. އަލަށް ހޮވުނު ޕްރިފެކްޓް ކުދިންނަށް ބެޖް ހަވާލުކުރުމަށް ސްކޫލްގެ ގޯތިތެރޭގައި ބޭއްވި ޚާއްސަ ހަފްލާގައި، އެކުދިންނަށް ހުވާ ލައިދިނީ ނިމިދިޔަ އަހަރުގެ ކެޕްޓަން، ދިވެހި ދަރިވަރު (ފަލަކް، ށ ކަނޑިތީމު، ރިއުޝާން އިބްރާހިމް ރުޝްދީ) އެވެ. ޕްރިފެކްޓް ބެޖް ލިބުނު ދިވެހި ކުދިންނަކީ،

1 – ސ. ފޭދޫ / ޖީޒާ، ޔާނިޝް ނާފިއު (އޯ.ލެވެލް ބެޗް ގްރޭޑް 10)

2 – ސ. ފޭދޫ / ޖީޒާ، ޒުލްކިފްލި ބިން މުޙައްމަދު ވަލީދު (އޯ.ލެވެލް ބެޗް ގްރޭޑް 10)

3 – ރ. އުނގޫފާރު / އަތަމާގެ، މަރިޔަމް އެލީޝާ ޢަލީ (ގްރޭޑް 11)

4 – ސ. ހުޅުދޫ / ސަން ފްލާވަރ، ފާޠިމަތު ޒީޝާ ބިންތު ވަލީދު (ގްރޭޑް 9)

5 – ސ. ހުޅުދޫ / ކަސްތޫރިގެ، ޔޫހާން ނިޒާރު (ގްރޭޑް 9)

6 – ކ. މާލެ / ބަޝީރީ ހިޔާ، އީޝާ ހުސައިން ޝުޖާއު (އޯ.ލެވެލް ބެޗް ގްރޭޑް 10)

7 – ހުޅުމާލެ / 118/1200307، އިބްރާހީމް ފައުޒާން ފާއިޒު (ގްރޭޑް 10) އެވެ.

ރިއުޝާން އަލަށް ޕްރިފެކްޓް ބޯޑަށް ހޮވުނު ކުދިންނަށް ހުވާ ލައިދެނީ

މިއާއެކު ޖޫނިއަރ ސެކްޝަންގެ ޕްރިފެކްޓް ބެޖް ހަވާލުކުރުމުގެ ރަސްމިއްޔާތު ވަކިން ބާއްވާފައިވާއިރު، ޖޫނިއަރ ހެޑް ޕްރިފެކްޓް ނުވަތަ ކެޕްޓަނަކަށް ހޮވިފައިވަނީ ދިވެހި ދަރިވަރު ސ.ފޭދޫ / ޖީޒާ، މަރިޔަމް ޔާނާ ނާފިއު (ގްރޭޑް 6) އެވެ. މިއާއެކު ސްކޫލްގެ ޕްރިފެކްޓް ބޯޑުގައި މުޅިއަކު 8 ދިވެހި ކުދިން ހަރަކާތްތެރިވާނެއެވެ. ސްކޫލްގެ ހަފްލާގައި ޕްރިންސިޕަލް މެޑަމް ދިލްރުކްޝީ ޖަޔަރަތްނަގެ ވާހަކައިގައި ނިމިދިޔަ އަހަރުގެ ކެޕްޓަން ށ. ކަނޑިތީމު / ފަލަކް، ރިއުޝާން އިބްރާހިމް ރުޝްދީ ސްކޫލްގެ ކެޕްޓަންގެ ގޮތުގައި ކޮށްދީފައިވާ އަގުނުކުރެވޭ ޚިދުމަތްތަކަށް ޝުކުރު ދަންނަވާފައިވެއެވެ. ޑޭބްރިޖް އިންޓަރނޭޝަނަލް ސްކޫލަކީ ދިވެހި ގިނަ ދަރިވަރުން ކިޔަވަމުންގެންދާ ސްކޫލެކެވެ.

2
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top