މާވެލް ސިނަމެޓިކް ޔުނިވާސްގެ އެންމެ މަގުބޫލު އެއް ސުޕަހީރޯ ކަމަށްވާ “ޑެއާޑެވިލް”ގެ އާ ސީޒަން “ޑެއާޑެވިލް: ބޯން އެގެއިން”ގެ ދެވަނަ ސީޒަންގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފިއެވެ. މި ޓްރެއިލާ އާއެކު، އަނދިރި އަދި އެހާމެ ފޯރިގަދަ މާހައުލެއްގައި މެޓް މަރްޑޮކްގެ އެނބުރި އައުން މިވަނީ ކަށަވަރުވެފައެވެ.
މާވެލް ސްޓޫޑިއޯސް އިން އުފައްދާ މި ސީރީޒަކީ ކުރީގެ ޑެއާޑެވިލް ސީރީޒްގެ ކުރިއަށް އޮތް ބައިގެ ގޮތުގައި ފާހަގަކުރެވޭ، އެހެން ނަމަވެސް މުޅިން އާ މިސްރާބަކަށް ގެންގޮސްފައިވާ ސީޒަނެކެވެ. މީގެ ކުރިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ކެރެކްޓާގެ އާ ސިލްސިލާ ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމް، ޑިޒްނީ ޕްލަސް މެދުވެރިކޮށެވެ. މިއީ ޑެއާޑެވިލް ބަލާ ފަރާތްތަކަށް ވެސް އުފާވެރި ޚަބަރަކަށް ވެގެން ދާނެއެވެ. ޑެއާޑެވިލް ޝީޒަން 1 ނެރެފައި ވަނީ 2015 ވަނަ އަހަރުގައެވެ. އެއީ ނެޓްފިލްކްސް ގައެވެ.
“ޑެއާޑެވިލް: ބޯން އެގެއިން” ސީޒަން 2 ރަސްމީކޮށް ރިލީޒްކުރުމަށް ތާވަލުކުރެވިފައިވަނީ 4 މާރިޗު 2026 ގައެވެ. މި ސީޒަނަކީ މިއަހަރުގެ ތެރޭގައި ވެސް ގިނަ ބަޔަކު އެންމެއިންތިޒާރު ކުރަމުންދާ އެއް އުފެއްދުމެވެ. މާވެލްގެ ފޭނުން އިންތިޒާރުކުރަމުންދަނީ މެޓްމަރްޑޮކްގެ ވަކީލުކަމުގެ ހުނަރާއި، ރޭގަނޑުގެ ވަގުތުތަކުގައި އޭނާ ދައްކުވައިދޭ ނުރައްކާތެރި ހަރަކާތްތައް އަލުން ބަލާލުމަށެވެ.
މި ސީރީޒްގެ އާ ޓްރެއިލާ އިން ފެންނަ ގޮތުގައި، ކުރީގެ ބައެއް މުހިންމު ކެރެކްޓާތައް ވެސް މި ސީޒަނުން ފެނިގެންދާނެއެވެ. މިއީ މާވެލް ސްޓޫޑިއޯސްގެ ދަށުން ޑިޒްނީ ޕްލަސްއަށް އުފައްދާ އެންމެ ވަރުގަދަ އެކްޝަން ސީރީޒަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޑާރިއޯ ސްކާޑަޕޭން، ކްރިސް އޯޑް އަދި މެޓް ކޯމަން އުފައްދާފައިވާ މި ސީރީޒްގައި ފެނިގެންދާނީ ޗާލީ ކޮކްސް (އޭކޭއޭ މެޓް މަރްޑޮކް)ގެ ރޯލުން އަދި ވިލްސަން ފިސްކްގެ ރޯލުން ވިންސެންޓް ޑި އޮނޮފްރިއޯ އެވެ. މި ސީރީޒްގައި ކެރެން ޕޭޖްގެ ރޯލުން ފެންނާނީ ޑެބޯރާ އެން ވޯލް، ވެނެސާ ފިސްކްގެ ރޯލުން އައިލެޓް ޒޫރާ، ބެންޖަމިން ޕޮއިންޑެކްސްޓާ/ބުލްސޭގެ ރޯލުން ވިލްސަން ބެތެލް އަދި ހީތަރ ގްލެންގެ ރޯލުން މާގަރީޓާ ލެވިއޭވާ އެވެ. މި ސީޒަންގައި ކްރިސްޓަން ރިޓާ ބެލުންތެރިންގެ ފޭވަރިޓް ޖެސިކާ ޖޯންސްގެ ރޯލުން ފެނިގެންދާއިރު، މެތިއު ލިލާޑް ޗާލްސްގެ ރޯލުން ފެނިގެންދާނެ އެވެ.
މި ސީރީޒްގެ އާ ޓްރެއިލާ އިން ފެންނަ ގޮތުގައި، ކުރީގެ ބައެއް މުހިންމު ކެރެކްޓާތައް ވެސްމި ސީޒަނުން ފެނިގެންދާނެއެވެ.
