ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަންލީޝް އެބްސޮލިއުޓް ވޮރިއަރޒްގެ ސީސަން 2 ގައި ރާއްޖޭގެ ދެ ފައިޓަރުން

ސްރީލަންކާގައި ކުރިއަރަމުން އަންނަ ކޮމްބެޓް ސްޕޯޓްސް ޕްރޮމޯޝަނެއް ކަމަށްވާ އަންލީޝްޑް އެބްސޮލިއުޓް ވޮރިއަރޒްގެ ސީސަން 2ގެ ސަރަހައްދީ ފައިޓް އިވެންޓްތައް ފެބްރުއަރީ މަހު 8ވަނަ ދުވަހު ކުރިއަށް ދާނެއެވެ.

2025 އޮކްޓޯބަރުމަހު ދިވެހި ކޮމްބެޓް ސްޕޯޓްސްގެ ތާރީޚުގައި ލިޔެވި އަންލީޝްޑް އެބްސޮލިއުޓް ވޮރިއަރޒްގެ ފުރަތަމަ ސީސަންގައި ދިވެހި ދެ ދަރިން ކަމަށް ވާ އަހްމަދު ޢީލާފް ނަދީމާއި މުޙައްމަދު ސައިފްޝާން އަބްދުﷲ ވަނީ ސްރީލަންކާގެ ކޮމްބެޓް ގޭމްގެ އެންމެ މޮޅު ކުޅުންތެރިންނާ ވާދަ ކޮށް، ގޯލްޑް މެޑަލްހާސިލްކޮށް ދިވެހި ކޮމްބެޓް ސްޕޯޓްސްއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައެވެ.

މިހާރު ސީޒަން 2 ފެބްރުއަރީމަހަށް ރަސްމީކޮށް އިޢުލާންކޮށްފައިވާއިރު ކުޅުމަށް ހަމަޖެހިފައިވަނީ:-

ސީޒަން 2
🥊 މުއޭ ތައި ގައި ވާދަކުރާނީ
* އަހްމަދު އީލަފް ނަދީމް (ދިވެހިރާއްޖެ)
* ޕްރަދީޕް އަބޭސިންގަ (ސްރީލަންކާ) އެވެ.

🥋 އެމް.އެމް.އޭ ގައި ވާދަ ކުރާނީ
* މުޙައްމަދު ސައިފްޝާން ޢަބްދުﷲ (ދިވެހިރާއްޖެ)
* ވީ.އެސް ރާޖް ވަރުމާ (ސްރީލަންކާ) އެވެ.

މި މެޗްތަކުގައި ދިވެހި އެތުލީޓުންގެ ފަންނީ ޤާބިލުކަމާއި، އަދަބާއި، ކުޅުމުގެ ޖޯޝާއި ވާދަ ދުނިޔެއަށް ދައްކާނެއެވެ.

👊 ހެޑް ކޯޗް: މުޙައްމަދު ޝަނާސްގެ ދަތުރުގައި ދިވެހި ފައިޓަރުންގެ ގާބިލްކަމާއި، ޕްރޮފެޝަނަލްކަން ފެނިގެންދާނެއެވެ.

މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 8 ވަނަ ދުވަހު ފަތިހު 5:30ން ފެށިގެން އަލިދަންމަރު ރޯކުރުމާއި އެކުއެވެ. ދިވެހި އެތުލީޓުންގެ ފައިޓް އޮންނާނީ ހެނދުނު 8:00 ން ފެށިގެން، ނިގަމްބޯގެ ގްރޭންޑީޒާ ހޮޓެލް 772 ގައެވެ. މެޗްތައް ބަލަން ވަންނަ ބޭފުޅުން -/2500ގެ ޓިކެޓެއް ބައްލަވައި ގަންނަވަން ޖެހެއެވެ.

މުބާރާތުގެ ދިވެހި ބައިވެރިން އެދެނީ ސްރީލަންކާގައި ތިބި ވީހާވެސް ގިނަ ދިވެހިން ސަޕޯޓްކުރުމަށް ކުޅުންއޮންނަ ތަނަށް ވަޑައިގެންދެއްވުމަށެވެ.

@muniavasFight♬ original sound MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top