އަންލީޝްޑް އެބްސޮލިއުޓް ވޮރިއަރޒްގެ ސީސަން 2ގެ ސަރަހައްދީ ފައިޓް އިވެންޓްތައް ފެބްރުއަރީ މަހު 8 ވަނަ ދުވަހު ކުރިއަށް ދިޔައިރު ދިވެހިރާއްޖޭން ބައިވެރިވި ދެ ޒުވާނުން، ދެ ކެޓަގަރިީން ގޯލްޑް މެޑަލް ހާސިލްކޮށްފިއެވެ.
ގޯލްޑް މެޑަލް ހާސިލްކޮށްފައިވަނީ އުމުރުން 25 އަހަރުގެ އަހްމަދު ޢީލާފް ނަދީމް / ހ. އާދުނި، އުމުރުން 19 އަހަރުގެ މުޙައްމަދު ސައިފްޝާން އަބްދުﷲ / މއ.ކެނދިވަރު ވަނީ އެމީހުން ބައިވެރިވި ދެ ކެޓަގަރިީން ގޯލްޑް މެޑަލް ހާސިލް ކޮށްފައެވެ.

އީލާފް އަދި ސައިފްޝާން
އީލާފް ބައިވެރިވެފައި ވަނީ “މުއޭ ތައި” ކެޓަގަރީގައެވެ. މި ބައިގައި ވާދަކޮށްފައި ވަނީ ސްރީލަންކާގެ ކުޅުންތެރިއެއް ކަމަށްވާ
ޕްރަދީޕް އަބޭސިންގަ އާއެވެ. “މުއޭ ތައި”ގެ 3 ބުރު ކުޅުނުއިރު 3ވަނަ ބުރުން ވަރަށް ވާދަވެރިކޮށް ކާމިޔާބު ކޮށްފައިވަނީ އީލާފްއެވެ. “މުއޭ ތައި” ގޯލްޑް މެޑަލް އުފުލާލުމާއެކު، އީލާފް ދެން ވާދަ ކުރާނީ އަންލީޝްގެ 3 ވަނަ ސީޒަންގައި “މުއޭ ތައި” ކެޓަގަރިީގެ ގެ ބެލްޓަށެވެ.
ސައިފްޝާން ބައިވެރިވެފައި ވަނީ “އެމް.އެމް.އޭ” ކެޓަގަރީގައެވެ. ސްރީލަންކާގެ ކުޅުންތެރިޔާ ވީ.އެސް ރާޖް ވަރުމާއާއި ވާދަކޮށް ވަރަށް ވަރުގަދަ ހިފުމަކާއިއެކު ތިންވަނަ ބުރުން ސައިފް ވަނީ ގޯލްޑްމެޑަލް ކަށަވަރުކޮށްފައެވެ.
@muniavasMohamed Saifshan (MMA fighter) & Ahmed Eelaf Nadeem (Muaythai Fighter) Won Gold Medal on the Unleashed Absolute Warriors S02 Fight – Here are the highlights އަންލީޝްޑް އެބްސޮލިއުޓް ވޮރިއަރޒްގެ ސީސަން 2ގެ އުސްއަލިތައް
މި ދެ ޒުވާނުން މިވަނީ ރާއްޖޭން ބޭރުގައި ރާއްޖެ ތަމްސީލުކޮށް އަނެއްކާވެސް ދިވެހި ކޮމްބެޓް ސްޕޯޓްސްގެ ތާރީޚުގައި އިތުރު ގޯލްޑް މެޑަލް ހާސިލްކޮށް ދިވެހި ކޮމްބެޓް ސްޕޯޓްސްއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައެވެ.
މި މެޗްތަކުގައި ދިވެހި އެތްލީޓުންގެ ފަންނު ވަރަށް ރަނގަޅަށް ދައްކައިދީފައިވެއެވެ. ބައިވެރިން ފާހަގަކޮށްފައިިވަނީ އެކުދިންނަށް މިހާ ހިސާބަށް އާދެވިފައިވަނީ އެކުދިންގެ ހެޑް ކޯޗް، މުޙައްމަދު ޝަނާސްގެ މިންނަތް މަސައްކަތާއި ބެލެނިވެރިން ދިން ހިތްވަރުގެ ސަބަބުންކަމަށެވެ.
ދިވެހި ކުޅުންތެރިން މުބާރާތުގައި ސަޕޯޓްކޮަށްދިން ދިވެހިން ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ.
