ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަޖުނޫން” އަށް ބާރުބޮޑުވެ އަންނަ ހުކުރު ދުވަހު މެންދުރުފަހު ޝޯއަށް ހުޅުވާލައިފި

މަޝްހޫރު ޑައިރެކްޓަރ ފާތުމަތު ނަހުލާގެ ފިލްމު “މަޖުނޫން”ގެ ޕްރިމިއާއަށް ފަހު، މި ފިލްމުގެ ޓިކެޓް ހޯދުމަށް އެދެމުން އަންނަ ފަރާތްތައް އިންތިހާއަށް ގިނަވެ، ފިލްމަށް އޮތް ޑިމާންޑް ބޮޑުވުމުން އަންނަ ހުކުރު ދުވަހު، 30 އޮކްޓޫބަރު 2026 ގައި މެންދުރުފަހު އިތުރު ޝޯއެއް ބޭއްވުމަށް ހުޅުވާލައިފިއެވެ.

ދިވެހި ސިނަމާއަށް މުޅިން އާ ޖޮންރާއެއް ގެނެސްދިން “މަޖުނޫން”ގެ މި އިތުރު ޝޯއަށް ހުޅުވައިލުމާއެކު މިހާރުވެސް ޓިކެޓް ހޯދުމަށް ބެލުންތެރިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ހުކުރު ދުވަހު މެންދުރު ފަހު އޮންނަ ޝޯއަށް ޓިކެޓް ހޯދުމަށް 7844422 އަށް ގުޅައިގެންނާއި އޮލިމްޕަސް ޓިކެޓް ކައުންޓަރުން ޓިކެޓް ގަންނަން ލިބޭނެއެވެ.

މި ފިލްމުން މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ފާތުމަތު ނަހުލާއަކީ އޭނާގެ ރަސްމީ ތައްގަނޑުގެ އިތުރުން، ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ މެން ފަދަ ތަފާތު އުފެއްދުމެއް ފިލްމީ ދާއިރާއަށް ގެނެސްދިނުމުގެ ޤާބިލުކަން ހުރި ފަރާތެއްކަން ވަނީ ސާބިތުކޮށްދީފައެވެ.

މިމަހު 26 ވަނަ ދުވަހުގެ ރޭ ރިލީޒްކުރި “މަޖުނޫން” ބެލުމަށްފަހު، ރާއްޖޭގެ ފިލްމީ ދާއިރާއާއި މިއުޒިކީ ދާއިރާގެ ގިނަ ފަރާތްތަކާއި ބެލުންތެރިން ވަނީ މި ފިލްމަކީ ނަހުލާ މިހައިތަނަށް އުފެއްދި އެންމެ މޮޅު ފިލްމުކަމަށް ވަރަށް ސާބިތުކަމާއެކު ބުނަން ފަށާފައެވެ. ފިލްމު ބެލުމަށްފަހު މަޝްހޫރު ލަވަކިޔުންތެރިޔާ ޒޫނާ (ޒޫނާއްތަ)، ކުރީގެ މަޝްހޫރު އެކްޓްރެސް އާއިޝަތު ޝިރާނީ، އަދި މަޝްހޫރު ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ)ގެ އިތުރުން އަޒުހާން އިބްރާހީމް މުނިއަވަސްއަށް ބުނީ، މިއީ ނަހުލާގެ ނަންބަރު ވަން ފިލްމު ކަމަށެވެ.

މިވެސް ކިޔާލަން:  ކްރިއޭޓިވް ނެޓްވޯކްގެ "ޕްރޮޖެކްޓް ޖޭޖޭ" އަކީ ވެބް ސީރީޒް "ޖުންޖުލާ" ކަން ހާމަކޮށްފި

މީގެ އިތުރުން މި ފިލްމުގައި ހަރަކާތްތެރިވި ހުރިހައި ތަރިންގެ އެކްޓިންގެ މޮޅުކަންވެސް ވަނީ ގިނަ ބަޔަކު ފާހަގަކޮށްފައެވެ. އެގޮތުން ފިލްމުގެ ލީޑް ޝާރިފް، ޝިފާގެ އިތުރުން ވާޝިޔާ، ފިލްމުން ފެނިގެންދިޔަ ތުއްތު ދެ އާޓިސްޓުންކަމަށްވާ ނަހުލާގެ ލާލި އަދި އެވްލީގެ އެކްޓިންގެ ހުނަރާމެދުވެސް ބެލުންތެރިންވަނީ އިންތިހާއަށް ތަޢުރީފުކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top