ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަކްޝޭގެ ރޯލު ޕްރަކާޝް ރާޖްއަށް؟

އަޖޭ ދޭވަގަންގެ “ޑްރިޝިޔަމް 3” ގެ ކާސްޓާއި ޕްރަކާޝް ރާޖް ގުޅިއްޖެއެވެ.

ވަރުގަދަ ކާސްޓެއް ހިމެނޭ “ޑްރިޝިޔަމް 3” ގެ ޝޫޓިންއާ ގުޅުނުކަން ޕްރަކާޝް ހާމަކޮށްފައިވާއިރު، އޭނާ ކުޅެނީ މީގެ ކުރިން އަކްޝޭ ކަންނާ ކުޅެން އޮތް ރޯލުކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އެވާހަކަ ދޮގުކޮށް، އޭނާ ކުޅެނީ އެއްވެސް މީހެއްގެ ބަދަލު ކެރެކްޓާއެއް ނޫންކަމަށް ބުނަމުން ޕްރަކާޝް ބުނެފައިވަނީ އޭނާގެ ރޯލަކީ ފިލްމުގައި ވަރަށް މުހިންމު ރޯލެއް ކަމަށެވެ.

ފިލްމުގެ ޝޫޓިން ފަށަން ގާތްގަނޑަކަށް ހަފްތާއަކަށް ވެފައިވަނިކޮށް އަކްޝޭ ފިލްމުން ވަކިވުމާއެކު އެ ރޯލަށް ޖެއިދީޕް އަހްލުވަތު ހަމަޖެއްސިކަމުގެ އަޑުތައްވެސް ގަދަވިއެވެ. ނަމަވެސް ފިލްމުގެ ޓީމުން ވަނީ ޖެއިދީޕް ކުޅެނީ އާ ރޯލެއް ކަމަށް ބުނެފައެވެ.

އަޖޭ އާއި ޕްރަކާޝްގެ އިތުރުން ފިލްމުގެ ކާސްޓުގައި ތައްބޫ، ރަޖަތު ކަޕޫރް، ޖެއިދީޕް އަހްލަވަތު އަދި އިޝީތާ ދައްތާ ފަދަ ތަރިން ހިމެނެއެވެ. އަބީޝެކް ޕާތަކް ޑައިރެކްޓްކުރާ “ޑްރިޝިޔަމް 3” ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު 2 އަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top