ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގޯލްޑަން ފުޓްސަލް ފައިނަލަށް ނާވައިދޫ އާއި ދެއްވަދޫ
ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ފައިނަލަށް ނާވައިދޫ އާއި ދެއްވަދޫ ދަތުރުކޮށްފި އެވެ.

ފައިނަލުން ދެ ޓީމު ޖާގަހޯދި ގޮތަށް ބަލައިލާއިރު ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ވާދަކުރީ ގޯލްޑަން ފުޓްސަލްގެ ތަށި ހޯދާފައިވާ އޭދަފުށްޓާއި ނާވައިދޫ އެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނިޓްގައި ނާވައިދޫ އަށް ޖަހައިދިނީ އަބްދު ﷲ ސާފިއު (ސާއްޕެ) އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު އޭދަފުށްޓަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ.

ޕެނަލްޓީގައި 3-4 އިން ކުރި ހޯދައި ނާވައިދޫ މެޗް ކާމިޔާބުކުރީ 4-5 އިންނެވެ.

މެޗުން މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ނާވައިދޫ ޔަގީން ކުރިއިރު، ވޭތުވެދިޔަ އަހަރުގެ ފައިނަލްގައި ވެސް ނާވައިދޫ ވަނީ ކުޅެފައެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ނާވައިދޫ ޓީމުގެ ޔާމީން މުހައްމަދު އެވެ.

ފައިނަލުން ޖާގަހޯދި ދެވަނަ ޓީމަކީ ދެއްވަދޫ އެވެ. މުބާރާތުގެ ފައިނަލުން ދެއްވަދޫ ޖާގަ ހޯދީ ދެވަނަ ސެމީފައިނަލްގަ ވިލިމާލެއާ ބައްދަލުކޮށް 3-4 އިން މެޗް ކާމިޔާބު ކޮށްގެންނެވެ.

މިމެޗްގައި ދެއްވަދޫއަށް ލަނޑުތައް ޖަހައިދިނީ އަލީ ހައިސަމް (ޗުމްޕް) އާއި ހުޒައިފަތު ރަސީދު (ހުޒޭ) އަދި މުހައްމަދު އިމްރާން (އިންމި) އާއި ވިސާހް އަބްދުލް މަޖީދުއެވެ. ވިލިމާލެއިން ލަނޑުޖެހީ އަލީ ސިޔާހް (ސިޔާ) 2 ލަނޑު އަދި އަބްދު ﷲ ސަމީހް އެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ދެއްވަދޫ ޓީމުގެ އަލީ ހައިސަމް (ޗުމްޕު) އެވެ.

މިމުބާރާތުގެ ފައިނަލްމެޗް އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުގެރޭ 20:30 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top