ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހިދުގެ “ފަރްޒީ” ގެ ދެވަނަ ސީޒަން އިއުލާނުކޮށްފި

ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރްގެ ވެބް ސީރީޒް “ފަރްޒީ” ގެ ދެވަނަ ސީޒަން އިއުލާންކޮށްފިއެވެ.

2023 ވަނަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯގައި ރިލީޒްކުރި “ފަރްޒީ” އަކީ 8 އެޕިސޯޑްގެ މައްޗަށް އެކުލެވޭ ބްލެކް ކޮމެޑީ ކްރައިމް ތުރިލާއެކެވެ. “ފަރްޒީ” ގައި ކިޔައިދެނީ ކާފަގެ ބޮޑު ޗާޕުޚާނާ ހިންގުމުގައި ނާކާމިޔާބުވުމުގެ ސަބަބުން، އިންޑިއާގައި އޮތް މުއްސަނދިންނާއި ފަޤީރުންގެ ފަރަޤާއިމެދު މާޔޫސްވެ ދަތި ހާލުގައި ދިރިއުޅެމުންދާ ސަނީ ނަމަކަށް ކިޔާ ފަންނާނެއްގެ ދިރިއުޅުމުގެ ވާހަކައެވެ.

ޝާހިދުގެ އިތުރުން ވިޖޭ ސެތުޕަތީ އިސް ރޯލުތަކުން ފެނިގެންދިޔަ “ފަރްޒީ” ގެ ދެވަނަ ސީޒަންގެ ޝޫޓިން އަންނަ މަހު ފަށަން ތައްޔާރުވަމުން އަންނައިރު ޝޫޓިންއަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވާނެކަމަށް ލަފާކުރެވޭކަމަށް ޚަބަރުތައް ބުނެއެވެ. އަދި ދެވަނަ ސީޒަން މިއަހަރު ފަހުކޮޅު ނުވަތަ 2027 ވަނަ އަހަރުގެ ކުރީކޮޅު ބެލުންތެރިންނާ ހަމައަށް ގެނެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ފުރަތަމަ ސީޒަންއެކޭ އެއްގޮތަށް “ފަރްޒީ” ދެވަނަ ސީޒަންގައިވެސް ކޭކޭ މެނަން، ބުވަން އަރޯރާ އަދި ރާޝީ ކަންނާ ފެންނާނެކަމަށްވެއެވެ. މިފަހަރުގެ ސީޒަންވެސް ޑައިރެކްޓްކުރާނީ ރާޖް ނިދިމޯރޫ އާއި ކްރިޝްނާ ޑީކޭއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top