ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސީ.އެޗް.އެސް.އީ މާލެ އާއި އަހްމަދިއްޔާ ފައިނަލަށް
ފޮޓޯ: އެފްއޭއެމް ޔޫތު ޗެންޕިއަންޝިޕް

ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެގޮތުން ބާއްވާ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލްކަޕް ފުޓްބޯޅަމުބާރާތުގެ ފައިނަލަށް ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) މާލެ އާއި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ދަތުރުކޮށްފިއެވެ.

މިމަހުގެ 7 ވަނަ ދުވަހު ފެށި މިމުބާރާތުގައި ހަތަރު ޓީމެއް ވާދަކުރިއެވެ. އެއީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން މާލެ އަދި ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން ހުޅުމާލެ އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.

ފޮޓޯ: އެފްއޭއެމް ޔޫތު ޗެންޕިއަންޝިޕް

މުބާރާތުގެ ފުރަތަމަ މެޗްގައި އަހްމަދިއްޔާ އާއި ސީއެޗްއެސްއީ ހުޅުމާލެ ބައްދަލުކޮށް 6-0 އިން މެޗް ކާމިޔާބުކުރީ އަހްމަދިއްޔާ އެވެ. ދެވަނަ މެޗްގައި ވިލާ އާއި ސީއެޗްއެސްއީ މާލެ ބައްދަލުކޮށް 2-1 އިން މެޗް ކާމިޔާބުކުރީ ސީއެޗްއެސްއީ މާލެއެވެ. ތިންވަނަ މެޗްގައި އަހްމަދިއްޔާ އާއި ވިލާ ބައްދަލުކޮށް 1-1 އިން ވީ އެއްވަރެވެ. ހަތަރުވަނަ މެޗްގައި ސީއެޗްއެސްއީ މާލެ އާއި ސީއެޗްއެސްއީ ހުޅުމާލެ ބައްދަލުކޮށް 7-1 އިން މެޗް ކާމިޔާބުކުރީ ސީއެޗްއެސްއީ މާލެ އެވެ. ފަސްވަނަ މެޗްގައި ވިލާ އާއި ސީއެޗްއެސްއީ ހުޅުމާލެ ބައްދަލުކޮށް 4-1 އިން މެޗް ކާމިޔާބުކުރީ ވިލާއެވެ. ފަސްވަނަ މެޗްގައި ސީއެޗްއެސްއީ މާލެ އާއި އަހްމަދިއްޔާ ބައްދަލުކޮށް 3-0 އިން މެޗް ކާމިޔާބުކުރީ ސީއެޗްއެސްއީ މާލެއެވެ.

ލީގުބުރުގެ ހުރިހާމެޗެއް ކާމިޔާބުކޮށް 9 ޕޮއިންޓާއި ފައިދާ 10 ގޯލާއިއެކު އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރީ ސީއެޗްއެސްއީ މާލެއެވެ. ދެވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަހޯދި އަހްމަދިއްޔާ އާއި ވިލާއަށް ލިބުނީ 4 ޕޮއިންޓެވެ. ފައިދާ ގޯލަށް ބަލާއިރު އަހްމަދިއްޔާ 3 އަދި ވިލާ 2 ގޯލެވެ.
މިމުބާރާތުގެ ފައިނަލްމެޗް އޮންނާނީ 15 ފެބްރުވަރީ 2026 ދުވަހު ހަވީރުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top