ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިކްޓަރީ ބަލިކޮށް ބުރު އުންމީދުގައި
ފޮޓޯ: ބުރު ސްޕޯޓްސް ކްލަބް

ޕްރެޒިޑެންޓްސްކަޕް 2026 ފުޓްބޯޅަ މުބާރާތުގައި ކުޅުނު ދެވަނަ މެޗުން މޮޅުވެ ސެމީފައިނަލްގެ އުންމީދު ބުރުން އާކޮށްފިއެވެ.

އިއްޔެ ހަވީރު ވިކްޓަރީ ސްޕޯރޓްސް ކުލަބާއި ވާދަކޮށް ބުރު ސްޕޯރޓްސް މޮޅުވީ 2-1 އިން ނެވެ. މިމެޗްގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ މާގިނައިރެއް ނުވެ ބުރުން ވަނީ ލީޑުނަގާފައެވެ. ބުރަށް މި ލަނޑު ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަންބަރު 9 ހުޑްސޮން ޑިއާޒް އެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނުނު މިމެޗްގައި ވިކްޓަރީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލަޗްނީ އެވެ. ލަޗްނީ މި ލަނޑު ޖަހައިދިނީ 76 ވަނަ މިނިޓްގައެވެ.
މުބާރާތުގައި ކުރިޔަށް ދިއުމަށް މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް ބުރުން ދެވަނަ ފަހަރަށް ލީޑު ނެގީ 81 ވަނަ މިނިޓްގައެވެ. މި ލަނޑު ބުރަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ހުޑްސޮން ޑިއާޒް އެވެ.

މިމެޗުން ހޯދި 3 ޕޮއިންޓާއެކު ބުރު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ބުރާއި ވާދަކޮށް މެޗް ކާމިޔާބުކުރި މާޒިޔާއެވެ. މިރޭގެ މެޗުން ބަލިވި ވިކްޓަރީއަށް ވެސް ސެމީފައިނަލްގެ ފުރުސަތު އަދި ނުގެއްލެއެވެ.

މިމުބާރާތުގެ މެޗެއް ދެން އޮންނާނީ 16 ވަނަ ދުވަހު ހަވީރުއެވެ. މިމެޗްގައި ވާދަކުރާނީ އޮޑި ސްޕޯރޓްސް އާއި ކުލަބް އީގަލްސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top