ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންވިޓޭޝަނަލް ކަޕް ތަށި ސީއެޗްއެސްއީ މާލެ ހޯދައިފި
ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) މާލެ - ފޮޓޯ: އެފްއޭއެމް ޔޫތު ޗެންޕިއަންޝިޕް

ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެގޮތުން ބޭއްވި 19 އަހަރުން ދަށުގެ އިންވިޓޭޝަނަލްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) މާލެ ހޯދައިފިއެވެ.

ލީގު ބުރުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް އައި ސީއެޗްއެސްއީ އާއި ވާދަކުރީ ލީގު ބުރުގެ ދެވަނަ ހޯދި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއެވެ.

ލީގު ބުރުގައި މި ދެ ޓީމު ވާދަކުރިމެޗް 3-0 އިން ކާމިޔާބުކުރީ ސީ.އެޗް.އެސް.އީ މާލެ އެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު 4-1 އިން ސީ.އެޗް.އެސް.އީ މާލެ ކާމިޔާބުކުރިއިރު ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބުނެވެ.

ދެވަނަ ހާފުގެ ކުޅުން ފަށައިގެން މާގިނައިރެއް ނުވެ ސީ.އެޗް.އެސް.އީ މާލެ އިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އެޓީމަށް ލިބުނު ޕެނަލްޓީ ގޯލްތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ އަހްމަދު މިކިޔާލްއެވެ.

މިކްޔާލް – ފޮޓޯ: އެފްއޭއެމް ޔޫތު ޗެންޕިއަންޝިޕް

އަހްމަދިއްޔާއިން ނަތީޖާ ހަމަހަމަ ކުރީ ވެސް ޕެނަލްޓީއަކުންނެވެ. އެޓީމަށް ލިބުނު މި ޕެނަލްޓީ ގޯލްތެރެއަށް ފޮނުވާލީ ފޮނުވާލީ އަލީ އަލާން އަޝްރަފްއެވެ. ދެވަނަ ފަހަރަށް ސީ.އެޗް.އެސް.އީ މާލެއަށް ލީޑު ނަގައިދިނީ އިސްމާއިލް ސާމިލްއެވެ. 67 ވަނަ މިނިޓްގައި ގޯލާއި އަމާޒުކޮށް ސާމިލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބޭރުވާނެ ކަމަށް ނިންމައި އަހްމަދިއްޔާގެ ކީޕަރު ބޯޅަ ދޫކޮށްލުމުން ނެވެ. 71 ވަނަ މިނިޓްގައި މުހައްމަދު ސާއިމް ލީޑު ފުޅާކޮށްދީފަައި ވަނިކޮށް 83 ވަނަ މިނިޓްގައި އަހްމަދު މިކިޔާލް ވަނީ ސީ.އެޗް.އެސް.އީ މާލެއަށް 4 ވަނަ ލަނޑު ޖަހައިދީފައެވެ.

ނާޝިއު – ފޮޓޯ: އެފްއޭއެމް ޔޫތު ޗެންޕިއަންޝިޕް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސީ.އެޗް.އެސް.އީ މާލެ ޓީމުގެ ނާސިއު އަހްމަދު ސިޔާމް ހޯދިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އެ ޓީމުގެ އަހްމަދު މިކިޔާލްއެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ސީ.އެޗް.އެސް.އީ މާލެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top