ފަހަތުން އަރައި ކުލަބް އީގަލްސް ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް 2026ގެ ސެމީފައިނަލުން އޮޑި ސްޕޯރޓްސް ޖާގަ ހޯދައިފިއެވެ. ޕްރެޒިޑެންޓްސް ކަޕްގައި އަލަށް ވާދަކުރާ އޮޑި ސްޕޯރޓްސް އާއި ކުލަބް އީގަލްސް މިއަދު ހަވީރު ވާދަކުރި މެޗް، ފަހަތުން އަރައި އޮޑި ކާމިޔާބުކުރީ 2-4 އިންނެވެ.
މިމެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނިޓްގައި ޖެހީ އީގަލްސްއިން ނެވެ. އިސްމާއިލް އީސާ ޖެހި މިލަނޑު ފިޔަވައި އިތުރު ލަނޑެއް މިހާފުގައި ނުފެނެ އެވެ.
ދެވަނަ ހާފުގައި އޮޑިން ކުޅުން ރަނގަޅު ކުރިއިރު، އެޓީމުން ނަތީޖާ ހަމަހަމަކުރީ 59 ވަނަ މިނިޓްގައެވެ. މިލަނޑު އޮޑިއަށް ޖަހައި ދިނީ އަހްޒަމް ރަޝީދުއެވެ. އޭގެ 11 މިނިޓް ފަހުން އޮޑި މޮޅުކޮށްދިނީ ވެސް އަހްޒަމް ރަޝީދުއެވެ. 87 ވަނަ މިނިޓްގައި އަހްމަދު އައިހަމް އާއި 89 ވަނަ މިނިޓްގައި އަޔާޒް އަހްމަދު ވަނީ އޮޑީގެ ލީޑު ފުޅާކޮށްދީފައެވެ. އީގަލްސްގެ ދެވަނަ ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ އިބްރާހިމް މަހުދީއެވެ.
މިއީ މިގުރޫޕްގެ ފަހު މެޗެވެ.
މިމެޗުން ހޯދި 3 ޕޮއިންޓާއެކު އޮޑިއަށް ވަނީ 4 ޕޮއިންޓް ލިބިފައެވެ. މިގުރޫޕްގައި އޮޑި އާއި އީގަލްސްގެ އިތުރުން ދެން ހިމެނެނީ ނިއުރޭޑިއަންޓެވެ. އޮޑި އާއި ނިއުރޭޑިއަންޓަށް އެއްވަރަށް ޕޮއިންޓް ލިބިފައިވާއިރު، އޮޑިއަށް ގުރޫޕްގެ އެއްވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
