މިއީ ‘މޭކް އަ ޑިފަރެންސް’ ގެނަމުގައި ތައްޔާރުކުރެވިފައިވާ 13 މިނެޓްގެ ޑޮކިއުމެންޓްރީ އެކެވެ. މި ފިލްމުން ދައްކައިދޭ މަންޒަރުތަކާއި މި ވާހަކައިން މުދައްރިސުންނަށް ލިބިގެންދާނޭ ޢިބްރަތްތެރި ފިލާވަޅާއި މުދައްރިސުންގެ އުނގަންނައިދިނުމުގެ ޙަޔާތަށް ފިލްމުގެ ސަބަބުން ލިބިގެންދާނެ ކުރިއެރުން ތަޞައްވަރުކުރެވި 2009 ވަނަ އަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު ޙަރަކާތްތަކުގެ ތެރެއަށް ފިލްމު ޝޯއެއް ހިމަނައި ފިލްމަށް ދިވެހިބަހުން އަޑުއަޅައި މިފިލްމުވާނީ ދައްކާފައެވެ.
މެދުދެކުނު ޕްރޮވިންސަށް ނިސްބަތްވާ ހުރިހައި ސްކޫލްތަކެއްގެ އިސްވެރިން ބައިވެރިވި މި ޝޯވ ކާމިޔާބުވެގެން ދިޔަކަން އެނގިގެންދިޔައީ ފިލްމު ބަލާ ނިމިގެން ފިލްމުގެ ކޮޕީއެއް ހޯދުމަށް އެފަރާތްތަކުން މަސައްކަތްކުރެއްވިވަރުންނެވެ. އެހެންކަމުން މި ޑޮކިމެންޓަރީގެ ޔޫޓިއުބްކޮށް ހިމަނާލަމެވެ.
ވާހަކައިން މުދައްރިސުން ޙާޞިލްކުރައްވަންވީ ކޮންކަމެއް؟
https://www.youtube.com/watch?v=2QYs-1Bd6_U
އަޅުގަނޑުމެން ކުރާ ޢަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެހެން މީހެއްގެ ޙަޔާތަށް ކުރާނީ ކޮންކަހަލަ، ކިހާވަރެއްގެ އަސަރެއްކަން ވަޒަންކުރަން އެނގޭނީ އެފަދަކަމަކާއި ދިމާވުމުންނެވެ. އެފަދަ ކަމަކާއިކުރިމަތި ލުމުންނެވެ. މި ޙަޤީޤަތް ޤަބޫލްކުރައްވާ ތިޔަބޭފުޅުންގެ އުނގަންނައިދިނުމުގެ ޙަޔާތުގައި މިއަދުންފެށިގެން އެހެން މީހެއްގެ ޙަޔާތަށް ހެޔޮ ބަދަލެއް ނުވަތަ ތަފާތެއް ގެނެސްދެވޭތޯ މަސައްކަތް ކުރަމާތޯއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




