މިއީ “ޔަޤީން އިންސްޓިޓިއުޓް”ގެ ނަމުގައި ޓިކްޓޮކްގައި ކުރިއަށް ގެންދާ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގެ ދިވެހި ތަރުޖަމާއެކެވެ.
ޔާ ރަޙްމާން (އޭ އެންމެހާ ތަކެއްޗަށް ރަޙްމަތްލައްވާ ރަޙްމާންވަންތަ ރަސްކަލާނގެއެވެ.)
އިބަ އިލާހު، އިބަ އިލާހުގެ އަމިއްލަ ނަފްސުފުޅުގެ މައްޗަށް ރަޙްމަތް ލެއްވުމަށް (އަރުޝީގައި) ލިޔުއްވީމުއެވެ. ރަޙްމަތަށް ބޭނުންވާނެ އެއްވެސް މަޚްލޫޤަކު އުފެއްދެވުމުގެ މާ ކުރިންވެސް އިބަ އިލާހީ ރަޙްމަތްވަންތަ ކަލާނގެއެވެ. އިބަ އިލާހުގެ އެ މަތިވެރި ރަޙްމަތުން އަޅުގެ މުޅި ވުޖޫދު ވަށާލައްވާފާނދޭވެ. އަޅުގެ މާޒީގައި ލިބިފައިވާ ހިތްދަތި ކަންކަމާއި، މިހާރުގެ ބޭނުންތަކާއި، އަދި ނޭނގުމެއްގެ ތެރޭގައިވާ މުސްތަޤުބަލަށްޓަކައިވެސް އެ ރަޙްމަތް މިންވަރުކޮށްދެއްވާފާނދޭވެ.
ޔާ ރަޙީމް (އޭ ނުހަނު ރަޙްމަތްތެރި ރަޙީމްވަންތަ ރަސްކަލާނގެއެވެ.)
އިބަ އިލާހުގެ ޙަޟްރަތަށް ތައުބާވެ އެނބުރި އަންނަ އަޅުންނަށްޓަކައި އިބަ އިލާހު ރައްކާކުރައްވާފައިވާ ރަޙްމަތުގެ ފޮނިމީރުކަން އަޅަށް ދައްކަވާފާނދޭވެ. އަދި އަޅަށް އިޙްސާސްވެސް ނުކުރެވޭ ފަދަ މަތިވެރި ރަޙްމަތަކުން އަޅަށް ހެޔޮޖަޒާ ދެއްވާފާނދޭވެ. އަދި އަޅުގެ ކުށްފާފަތަކާއި އުނިކަންކަން ހުރިކަމުގައި ވީނަމަވެސް، އިބަ އިލާހުގެ ރަޙްމަތުން ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އަޅު އުފުއްލަވާފާނދޭވެ.
ޔާ ރަޢޫފް (އޭ އޯގާވަންތަ ރައޫފްވަންތަ ރަސްކަލާނގެއެވެ.)
އަޅަށް ނުފެންނަ، ކުރިމަތިވާން އުޅޭ އެންމެހާ ނުރައްކާތަކުންނާއި ތޫފާންތަކުން އަޅު ރައްކާތެރިކޮށްދެއްވާފާނދޭވެ. އަޅުގެ ނަފްސު މާޔޫސްވެ ބަލިކަށިވުމުގެ ކުރިން، އަޅުގެ ހިތަށް ޝިފާއާއި ހަމަޖެހުން ދެއްވާފާނދޭވެ. އެންމެހާ ފިތުނަފަސާދަތަކާއި އިމްތިޙާނުތަކުން އަޅު ސަލާމަތްކޮށްދެއްވާފާނދޭވެ. އަދި އިބަ އިލާހާ ބައްދަލުވާ ދުވަހު ނޫނީ އޭގެ މަތިވެރިކަން ޙަޤީޤީ މާނައިގައި ވަޒަންނުކުރެވޭނެ ފަދަ ރަޙްމަތެއް އަޅަށް މިންވަރުކޮށްދެއްވާފާނދޭވެ.
@yaqeeninstitute When you feel buried by your past, anxious about what’s ahead, or simply in need of Allah’s mercy, follow along with this du’a: “Ya Rahman, from Your Throne, You wrote mercy upon Yourself. You were merciful before there was anyone to receive mercy. Embrace every part of me with that mercy — my past with its scars, my present with its needs, my future with its uncertainties. Ya Rahman, let me taste the mercy You keep for those who return. Reward me with the mercy I have yet to know, and raise me to the highest place in Paradise despite my lows. Ya Ra’uf, cover me from storms I don’t see coming. Mend me before I break. Spare me from trials of every kind. Let Your mercy carry me in ways I’ll only understand when I finally meet You.” Watch Episode 1 of The Name I Need: Link in bio. #yqnramadan #thenameineed #yaqeenseries #ramadan2026 #omarsuleiman ♬ original sound – Yaqeen Institute
މާތްﷲ އަށް ދުޢާ ދަންނަވާއިރު، އެކަލާނގެއަށް އެންމެ ލޯބިވެވޮޑިގެންވާ ގޮތަކީ އެކަލާނގެ މަތިވެރި އިސްމުފުޅުތަކާއި ސިފަފުޅުތައް މެދުވެރިކޮށް ދުޢާ ދެންނެވުމެވެ. މިއީ ދުޢާ އިޖާބަކުރެއްވުމަށް އޮތް އެންމެ ކުރު އަދި އެންމެ މަތިވެރި މަގުވެސްމެއެވެ.
ދުޢާކުރުމުގައި އެންމެ އެދެވިގެންވާ ގޮތަކީ، ތިމާ އެދޭ ކަމަކާ އެކަށީގެންވާ އިސްމުފުޅެއް ބޭނުންކުރުމެވެ. މިސާލަކަށް ފާފަ ފުއްސެވުމަށް އެދި ދުޢާކުރާއިރު “ޔާ ޣައްފާރު” (އޭ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ) ނުވަތަ “ޔާ ތައްވާބު” (އޭ ތައުބާ ޤަބޫލުކުރައްވާ ރަސްކަލާނގެ) ކިޔައި ދެންނެވުމެވެ. ހަމައެހެންމެ، ރިޒުޤަށް އެދޭއިރު “ޔާ ރައްޒާޤު” (އޭ ރިޒުޤުދެއްވާ ރަސްކަލާނގެ) ކިޔުމާއި، ބަލިމަޑުކަމުން ސަލާމަތްވުމަށް އެދޭއިރު “ޔާ ޝާފީ” (އޭ ޝިފާދެއްވާ ރަސްކަލާނގެ) ފަދަ އިސްމުފުޅުތައް ބޭނުންކުރުމަކީ ދުޢާގެ އަދަބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
މާތްﷲގެ އިސްމުފުޅުތައް ބޭނުންކޮށްގެން ދުޢާކުރުމުން އިންސާނާގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބިގެންދެއެވެ. އެކަލާނގެ ކުޅަދުންވަންތަކަމާއި، އޯގާވަންތަކަން ހިތަށް ވަދެ، ދުޢާކުރާ މީހާގެ އިޚްލާޞްތެރިކަން އިތުރުވެއެވެ. އަދި ތިމާ ދަންނަވާ ދުޢާ އިޖާބަކުރައްވާނެކަމުގެ ޔަޤީންކަން ހިތުގައި ވަރުގަދަވެގެންދެއެވެ
