ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހުޅަނގު މެދު” މޮޅުވެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ނ. ހޮޅުދޫގައި މިހާރު ކުރިއަށްދާ “މޫސަ އެކަޑަމީ ވިލީ ފުޓްސަލް ޗެލެންޖް”ގެ ފައިނަލްގެ ފަހު ޖާގަ، ރޭ ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗަށްފަހު “ހުޅަނގު މެދު” ޓީމުން ހޯދައިފިއެވެ.

ރޭ ކުޅެވުނު ޕްލޭ އޮފް ދަ މެޗުގައި ބައްދަލުކުރީ “ހުޅަނގު މެދު” އަދި “ހުޅަނގު ދެކުނު” ޓީމެވެ. މި މެޗު “ހުޅަނގު މެދު” ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި އަދި މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، “ހުޅަނގު މެދު” ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ރިޝްވާން، މުޝްފިޤް އަދި އިބްރާހިމް ރަޝީދެވެ.

“ހުޅަނގު ދެކުނު” ޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝަމްރާހް އެވެ. މިއީ އެ ޓީމަށް ކާމިޔާބު ކުރެވުނު ހަމަ އެކަނި ގޯލެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭއެވެ. ފައިނަލްގައި “ހުޅަނގު މެދު” ބައްދަލުކުރާނީ  “އިރު މެދު” ޓީމާއެވެ. މިރޭ އޮންނަ ބޮޑު މެޗަށް 2 ޓީމުން ވެސް އަންނަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެއެވެ.

“އިރު މެދު”ގެ ކުޅުމަށް ބަލާލައިފި ކަމަށް ވަނީނަމަ “އިރު މެދަކީ” ގުރޫޕް އޭ ގައި 1 ވަނައެވެ. މިއީ އެއްވެސް މެޗަކުން ބަލި ނުވެ ފައިނަލަށް ދަތުރުކުރި އެއް ޓީމެވެ. “ހުޅަނގު މެދަކީ” ގުރޫޕް އޭ ގައި ހިމެނޭ ޓީމެކެވެ. އެއްވެސް މެޗަކުން ބަލިނުވެ މި 2 ޓީމް ވަނީ ފައިނަލްގެ ޖާގަ ހޯދާފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top