ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބުރު މެޗުން ޕޮލިހަށް ތަފާތުބޮޑު މޮޅެއް!
ފޮޓޯ: ޕޮލިސް ކްލަބް

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި މިއަދު ބައްދަލުކުރީ ޕޮލިސް ކުލަބާއި ބުރު ސްޕޯޓްސް އެވެ.

މިއަދުގެ މެޗަކީ މި މުބާރާތުގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗެވެ.

ބުރު ކޮޅަށް 7 ލަނޑު ޖަހައި މިމެޗުން ޕޮލިސް ކުލަބު މޮޅުވީ 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗު ފެށީއްސުރެ މޮޅަށް ކުޅެ ގިނަ ފުރުސަތުތައް ތަނަވަސް ކުރަމުންދިޔަ ޕޮލިސް ކުލަބުން މިމެޗްގެ ފުރަތަމަ ލަނޑު ޖެހީ 17 ވަނަ މިނެޓުގައި ނިޝާދު އެވެ. ފުރަތަމަ ލަނޑު ޖެހިތާ މާގިނައިރެއްނުވެ ނިޝާދު ވަނީ 20 ވަނަ މިނެޓުގައި ޕޮލިސް ކުލަބުގެ ދެވަނަ ލަނޑު ޖަހާފައެވެ. 26 ވަނަ މިނެޓުގައި ޕޮލިސް ކުލަބުގެ 3 ވަނަ ލަނޑު ސަހުބާން ޖަހައިދިންއިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޮލިސް ކުލަބުން ވަނީ އެޓީމުގެ 4 ވަނަ ލަނޑު ޖަހައިފައެވެ. 27 ވަނަ މިނެޓުގައި މިލަނޑު ޖަހައިދިނީ ޝަހުބާން އެވެ.

ދެވަނަ ހާފުގައި ވެސް ޕޮލިސް ކުލަބު ފެނުނީ ބުރު ސްޕޯޓްސް އަށްވުރެ ވަރުގަދަ ކޮށެވެ. ގާތްގާތުގައި ހަމަލާތައް އުފައްދަމުން ދިޔަ ޕޮލިސް ކުލަބުން އެޓީމުގެ 5 ވަނަ ލަނޑު ޖެހީ 58 ވަނަ މިނެޓުގައި ޝަހުބާން އެވެ. މިލަނޑާއިއެކު ޝަހުބާން ހެޓްރިކް ފުރިހަމަ ކުރިއިރު، މިއީ މުބާރާތުގައި ފެނުނު ފުރަތަމަ ހެޓްރިކްއެވެ.

ޕޮލިސް ކުލަބުން އެޓީމުގެ ހަވަނަ ލަނޑު ޖެހީ 58 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ވެސް ޝަހުބާން އެވެ. ޕޮލިސް ކުލަބުން މިމެޗްގައި ޖެހި ހަތްވަނަ ލަނޑު ޖެހީ ފަހު ހާފުގެ އިތުރުވަގުތުގައެވެ.

މިމުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މިމެޗްގައި ބައްދަލުކުރާނީ ވިލިމާލެ ޔުނައިޓެޑާއި ދިވެހި ސިފައިންގެ ކުލަބެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top