ބިގްގޭމް މޯލްޑިވްސްގެ އިންތިޒާމުގެ ދަށުން، ދިވެހިރާއްޖޭގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ “އޮފީސް ލީގް 2026” ފުޓްސަލް މުބާރާތް ރަސްމީކޮށް ފަށައިފިއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ 16 ޓީމެއް ވާދަކުރެއެވެ. ފޯމެޓަށް ބަލާއިރު، 16 ޓީމް 4 ގުރޫޕަކަށް ބަހާލެވިފައިވާއިރު، ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެއް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ގުރޫޕްތަކުގެ ތަފްސީލް
ގުރޫޕް އޭ: ސްޓެލްކޯ، ކުލަބް ހައްޖު، ކުލަބް މާލެ ސިޓީ، މިފްކޯ
ގުރޫޕް ބީ : އެމްއައިބީ، ބިޒްނަސް ސެންޓާ ކޯޕަރޭޝަން، ކުލަބް ސިޓީސް މިނިސްޓްރީ، ކުލަބް އެމްޓީސީސީ
ގުރޫޕް ސީ : ކަސްޓަމްސް ރެކްރިއޭޝަން ކުލަބް، ރައީސް އޮފީސް، އެސްޓީއޯ، ސްމާޓް އޯން އެފްސީ
ގުރޫޕް ޑީ : ޕޮލިސް ކުލަބް، ކުލަބް އާސަންދަ، އެފްއާރުސީ، މެޑްޓެކް
—
ފުރަތަމަ ރޭގެ މެޗްތަކުގެ ނަތީޖާ
މެޗް 1 — ގުރޫޕް އޭ
ސްޓެލްކޯ 4–0 މިފްކޯ
ފުރަތަމަ ރޭ ކުޅެވުނު ފުރަތަމަ މެޗްގައި ސްޓެލްކޯ ވަނީ މިފްކޯ އަތުން ހަތަރު ލަނޑު ޖަހައި ފަސޭހަ ކަމާ އެކު ތިން ޕޮއިންޓް ހޯދާފައެވެ.
ލަނޑު ޖެހި ކުޅުންތެރިން:
* އިބްރާހީމް ރިމާހް — 2 ލަނޑު
* އަފްރާދް ހަސަން — 1 ލަނޑު
* ހާރޫން އިބްރާހީމް — 1 ލަނޑު
🏅 މެޗްގެ މޮޅު ކުޅުންތެރިޔާ: އިބްރާހީމް ރިމާހް (ސްޓެލްކޯ)
—
މެޗް 2 — ގުރޫޕް އޭ
ކުލަބް ހައްޖު 3–0 ކުލަބް މާލެ ސިޓީ
ދެވަނަ މެޗްގައި ކުލަބް ހައްޖު ވަނީ ކުލަބް މާލެ ސިޓީ އަތުން ތިން ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދާފައެވެ.
ލަނޑު ޖެހި ކުޅުންތެރިން:
* މާލިކް އަބްދުލްޣަފޫރު — 2 ލަނޑު
* އިބްރާހީމް އާތިފް — 1 ލަނޑު
🏅 މެޗްގެ މޮޅު ކުޅުންތެރިޔާ: އިބްރާހީމް އާތިފް (ކުލަބް ހައްޖު)
—
މެޗް 3 — ގުރޫޕް ބީ
އެމްއައިބީ 0–0 ކުލަބް އެމްޓީސީސީ
ތިންވަނަ މެޗްގައި ދެ ޓީމަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި، ނަތީޖާ ހަމަހަމަވެ ނިމިގެންދިޔައެވެ.
🏅 މެޗްގެ މޮޅު ކުޅުންތެރިޔާ: ހާއިޝް މާލިކް އިބްރާހީމް (އެމްއައިބީ)
—
މެޗް 4 — ގުރޫޕް ބީ
ބިޒްނަސް ސެންޓާ ކޯޕަރޭޝަން 4–0 ކުލަބް ސިޓީސް މިނިސްޓް ސިޓީސް މިނިސްޓްރީ
ހަތަރުވަނަ މެޗްގަ އި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ވަނީ ކުލަބް ސިޓީސް މިނިސްޓްރީ އަތުން ހަތަރު ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ހިތްގައިމު ކާމިޔާބެއް ހޯދާފައެވެ.
ލަނޑު ޖެހި ކުޅުންތެރިން:
* ސާމީ އަބްދުއްރަހީމް — 2 ލަނޑު
* އަޔާން ހުސެއިން ޝަރީފް — 1 ލަނޑު
* މުހައްމަދު ޔަސްމު — 1 ލަނޑު
🏅 މެޗްގެ މޮޅު ކުޅުންތެރިޔާ: ސާމީ އަބްދުއްރަހީމް (ބިޒްނަސް ސެންޓާ ކޯޕަރޭޝަން)
—
މިރޭ ކުޅެވޭ މެޗްތައް
ފުރަތަމަ ރޭގެ ފޯރިގަދަ ކުޅުމަށް ފަހު، މިރޭ ވެސް ހަތަރު މެޗެއް ކުޅެވިގެންދާނެއެވެ.
މެޗް 1 : ކަސްޓަމްސް ރެކްރިއޭޝަން ކުލަބް | ސްމާޓް އޯން އެފްސީ
މެޗް 2 : ރައީސް އޮފީސް | އެސްޓީއޯ
މެޗް 3 : ޕޮލިސް ކުލަބް | މެޑްޓެކް
މެޗް 4 : ކުލަބް އާސަންދަ | ފަހި ރެކްރިއޭޝަން ކުލަބް
މިރޭގެ ހުރިހާ މެޗްތަކަކީ ވެސް ގުރޫޕް ސީ އަދި ގުރޫޕް ޑީގެ ކުރިމަތިލުންތަކެއް ކަމުން، ދެ ގުރޫޕްގެ ވާދަވެރިކަން ފެށިގެންދާނެ ފޯރިގަދަ ރެއަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
