ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮފީސް ލީގް ދެ ވަނަ މުބާރާތް ވެސް ސްޓެލްކޯ ކާމިޔާބު ކޮށްފި!

ބިގްގޭމް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި “އޮފީސް ލީގް 2026” ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އިން ހޯދައިފިއެވެ. އޮފީސްލީގު މި ދިޔަ އަހަރުގެ ޗެންޕިއަން އަކީ ވެސް ސްޓެލްކޯއެވެ.
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) ބައްދަލު ކުރި ފައިނަލްމެޗް ސްޓެލްކޯއިން ކާމިޔާބު ކުރީ 3-1 އިންނެވެ.

ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް އައި ސްޓެލްކޯ އާއި އެމްޓީސީސީ މިރޭ ބައްދަލުކުރި ފައިނަލް މެޗް ވެގެން ދިޔައީ ވާދަވެރި ފޯރިގަދަ މެޗަކަށެވެ. ޑިފެންސަށް އިސްކަންދީ ކައުންޓާރ އެޓޭކްގައި ގޯލެއް ޖެހޭތޯ ދެޓީމުން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.

ކުޅުނު ހުރިހާ މެޗެއް ފަސޭހަކަމާއިއެކު ކާމިޔާބުކުރި ސްޓެލްކޯއަށް މިމެޗް ފަސޭހައެއް ނުވިއެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނިޓާއި ހަމައަށް އެމްޓީސީސީން ވަނީ ސްޓެލްކޯއިން ލަނޑެއް ޖެހިޔަނުދީ ހިފައްޓައިފައެވެ.

މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން 3 މިނިޓަށް ވެފައިވަނިކޮށް ސްޓެލްކޯއަށް ޖަހައިދިނީ އެޓީމުގެ ކެޕްޓަން މުއާޒް އަލީ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުމާއިއެކު، މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް އެމްޓީސީސީން ކުރަމުންދިޔަ މަސައްކަތް އިތުރުކުރިއެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކުރެވުނު ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުން އެމްޓީސީސީއަށް ހިފޭ ގޮތެއް ނުވިއެވެ. ދެން ވެސް ފެނުނީ ސްޓެލްކޯގެ ލަނޑެކެވެ. މެޗްގެ 32 ވަނަ މިނިޓްގައި ސްޓެލްކޯއަށް މިލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މުއާޒް އަލީ އެވެ.

މުޅި ޓީމު އެޓޭކަށް ޖެހެން މަޖުބޫރުވުމުން އެމްޓީސީސީން ވަނީ ޕަވަރ ޕްލޭގެ ބޭނުން ކުރަން ފަށައިފައެވެ. ސްޓެލްކޯއިން ޖެހި ތިންވަނަ ލަނޑަކީ ޕަވަރ ޕްލޭއަށް ކީޕަރ ބަދަލުކޮށްގެން ކުޅެމުން ދަނިކޮށް ސްޓެލްކޯގެ މުއާޒް އަލީ އަށް ލިބުނު ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. މުއާޒް އަލީ އޭނާގެ ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކުރީ އަމިއްލަ ހާފުތެރޭ ހުއްޓައި ލިބުނު ބޯޅަ މަތިމަތިން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.

އެމްޓީސީސީން އެޓީމުގެ ލަނޑު ޖެހީ މެޗްގެ ފަހު ވަގުތުއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އިސްމާއިލް ރައްޔާން އެވެ. މިލަނޑާއިއެކު މެޗް ވަނީ ނިމިފައެވެ.

މަގާމްތައް ހޯދި ކުޅުންތެރިން:

ފައިނަލްމެޗްގެ މޮޅުކުޅުންތެރިޔާ: މުއާޒް އަލީ (ސްޓެލްކޯ)

އެންމެގިނަ ލަނޑު ޖެހިކުޅުންތެރިން: މުއާޒް އަލީ (ސްޓެލްކޯ) އިބްރާހީމް ރިމާހް (ސްޓެލްކޯ)

މުބާރާތުގެ އެންމެމޮޅު 5 ކުޅުންތެރިން: ހުސެއިން ޝަރީފް (އެމްޓީސީސީ) މުއާޒް އަލީ (ސްޓެލްކޯ) އިސްމާއިލް ރަޔާން (އެމްޓީސީސީ)

މުޙައްމަދު ޝިރުހާން (ސްޓެލްކޯ) އަދުހަމް އަހްމަދު (ސްޓެލްކޯ)

އެންމެމޮޅު ކޯޗް: އުސްމާން ނަސީމް (ސްޓެލްކޯ)

މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ: އިބްރާހީމް ރިމާހް (ސްޓެލްކޯ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top