ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބޫތު ބަނގްލާ” ގެ ޓީޒަރ ދައްކާލައިފި

އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު “ބޫތު ބަނގްލާ” ގެ ޓީޒަރ ދައްކާލައިފިއެވެ.

އަކްޝޭގެ އިތުރުން ޕަރޭޝް ރާވަލް، ރާޖްޕަލް ޔާދަވް، ތައްބޫ، ވަމީޤާ ގައްބީ އަދި ޖިޝޫ ސެންގުޕްތާ ފަދަ ތަރިން ފެނިގެންދާ “ބޫތު ބަނގުލް” އަކީ ސިހުރާއި އިންޑިއާގެ ޚުރާފީ ވާހަކަތަކާއި އިހުގެ މުސްކުޅި ލިޔުންތަކުން އިންސްޕަޔާ ވެގެން އުފައްދާފައިވާ ހޮރޯ ކޮމެޑީއެކެވެ.

މިއަދު އާންމުކޮށްފައިވާ ގާތްގަނޑަކަށް ދޮޅު މިނެޓުގެ ޓީޒަރގައި ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދިޔައިރު ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ މަންޒަރުތަކެއްވެސް ފެނިގެންދިޔައެވެ. އަދި މި ފިލްމުން ވަރަށް ހީނުކުރާ ކަހަލަ ސަޕްރައިޒެއް ލިބިގެންދާނެ ކަމަށްވެސް ފިލްމުގެ ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ.

އަކްޝޭ ކުމާރް، ޝޯބާ ކަޕޫރް އަދި އެކްތާ ކަޕޫތް އެކުވެގެން ޕްރޮޑިއުސްކޮށްފައިވާ މި ހޮރޯ ކޮމެޑީއަކީ އަކްޝޭއާއެކު ގިނަ ފިލްމުތަކެއް އުފައްދާފައިވާ ޕްރިޔާދަރްޝަންގެ ޑައިރެކްޝަނެކެވެ. އަދި މި ފިލްމަކީ 16 އަހަރަށްފަހު މި ދެމީހުން އެކުގައި ކުރި ފުރަތަމަ މަސައްކަތްކަންވެސް ފާހަގަކޮށްލެވެއެވެ. މި ދެމީހުން އެއްކޮށް މަސައްކަތްކުރި ކާމިޔާބު ފިލްމުތަކުގެ ތެރޭގައި “ހީރާ ޕޭރީ”، “ގަރަމް މަސާލާ”، “ބޫލް ބުލައްޔާ” އަދި “ދޭ ދަނާ ދަން” ހިމެނެއެވެ.

އަކްޝޭއާއި ޕްރިޔާދަރްޝަންގެ ކުރީގެ ފިލްމުތަކުގެ ހުރިހާ އަސަރެއް އެކުލެވޭނެކަމުގެ ޔަޤީންކަން ދީފައިވާ “ބޫތު ބަނގުލާ” ގެ ރަސްމީ ޓްރެއިލާ މިހިނގާ މާރިޗު މަހު ރިލީޒްކުރާ “ދުރަންދަރް: ދަ ރިވެންޖް” އާއެކު ރިލީޒްކުރާ ކަމުގެ އަޑުތައް ގަދަވެފައިވާއިރު ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top