ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ލުނބޯ، ކުކުޅު އަދި އޯޒޯ ސޫޕް – މުނިއަވަސް ރަހަފަތް

މިއީ ވަރަށް އަވަހަށް ތައްޔާރުކޮށްލެވޭ، ހަށިގަނޑަށް ފައިދާހުރި މީރު ސޫޕެކެވެ. ރަމަޟާން މަހުވެސް، ކޮންމެވެސް އެއް ދަމެއްގައި ކައިލަން މިވެސް ރަނގަޅު ކެއުމަކަށް ވެދާނެއެވެ.

މުހިންމު ބައެއް ނުކުތާތައް:

🍗 މި ސޫޕް ތައްޔާރުކުރުމަށް ހޭދަވާނީ އެންމެ 35 މިނެޓެވެ.

🍗 ކުކުޅު މަޑުގިނީގައި ކައްކާލުމުން، އޭގެ މަޑުކަމާއި މީރު ރަހަ ހިފަހައްޓައިދެއެވެ.

🍗 ލުނބޯ ހުތާއި، ލުނބޯ ތޮށި، އަދި އަސޭމިރުހާއި ދިލް ބޭނުންކުރުމުން މި ސޫޕަށް ތާޒާ މީރު ރަހައެއް ލިބިގެންދެއެވެ.

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 10 މިނެޓު
⏱️ ކެއްކުމަށް ހޭދަވާ ވަގުތު: 25 މިނެޓު
⏱️ ޖުމްލަ ވަގުތު: 35 މިނެޓު
🍲 މި ރަހަފަތުން ތައްޔާރުކުރެވޭ މިންވަރު: 6 އާއި 8 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 2 ސައިސަމުސާ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް (ސޫޕް ބޯއިރު އިތުރަށް އަޅާލުމަށްވެސް ބޭނުންވާނެ)

🍳 1 ފެނަލް ބަލްބް ނުވަތަ 3 ސެލެރީ ދަނޑި (ކުދިކޮށް ކޮށާފައި، ގާތްގަނޑަކަށް ބައި ތަށި)

🍳 1 މެދު ސައިޒުގެ ރީނދޫ ފިޔާ (ކޮށާފައި)

🍳 3/4 ސައިސަމުސާ ކޮރިއަންޑަރ ޕައުޑަރ (ކޮތަނބިރި ފަތު ފުށް)

🍳 1 1/4 ސައިސަމުސާ ކޯޝަރ ލޮނު (ބައިބަޔަށް ބަހާލާފައި)

🍳 8 ތަށި ކުކުޅު ސޫޕް ނުވަތަ ސްޓޮކް (ލޮނު މަދު)

🍳 2 ކޮށާފައި ހުރި ކުކުޅު މޭމަތީ މަސް (ގާތްގަނޑަކަށް 600 ގްރާމް)

🍳 1 ތަށި އޯޒޯ (Orzo)

🍳 1/3 ތަށި ތަހީނީ (ބޭނުންނަމަ)

🍳 1/4 ތަށި ކޮށާފައި ހުރި ތާޒާ ދިލް (dill)

🍳 1 ލުނބޯގެ ތޮށި (ގާނާފައި)

🍳 1/4 ތަށި ތާޒާ ލުނބޯ ހުތް

🍳 މުގުރި އަސޭމިރުސް (ރަހަޔަށް ބަލާފައި)

ތައްޔާރުކުރާނެ ގޮތް:

1. ތަރުކާރީތައް މީރުކޮށްލުން:
ބޮޑު ތެއްޔެއްގައި އޮލިވް އޮއިލް ކޮޅު މެދުގިނީގައި ހޫނުކޮށްލާށެވެ. އޭގެ ތެރެއަށް ފެނަލް ނުވަތަ ސެލެރީ، ފިޔާ، ކޮތަނބިރި ފަތު ފުށް އަދި ބައި ސައިސަމުސާ ލޮނު އަޅައިގެން، ތަރުކާރީތައް މަޑުވެލަންދެން ގާތްގަނޑަކަށް 5 މިނެޓު ވަންދެން މީރުކޮށްލާށެވެ.

2. ކުކުޅު ކެއްކުން:
ތެލީގެ ތެރެއަށް ކުކުޅު ސްޓޮކް، ކުކުޅު މަސް އަދި ބާކީ ހުރި 3/4 ސައިސަމުސާ ލޮނު އަޅާށެވެ. ގިނި ގަދަކޮށްލުމަށްފަހު ކުޑަކޮށް ކެކެން ފެށުމުން، ގިނި މަޑުކޮށްލާށެވެ. ދެން ތެލީގެ މަތި ޖަހައި، 10 އާއި 15 މިނެޓާ ދެމެދު ކުކުޅު މަސް ރަނގަޅަށް ރޯފިލަންދެން ބަހައްޓާށެވެ.

3. ކުކުޅު މަސް ކޮށުން:
ކުކުޅު މަސްކޮޅު ތެލިން ނަގައި ތަށްޓަކަށް ލާށެވެ. ކުޑަކޮށް ހިހޫވުމުން، ދެ އޫ ބޭނުންކޮށްގެން ނުވަތަ އަތުން ކުދިކޮށް ކުކުޅު މަސްކޮޅު ނޮޅާލާށެވެ.

4. އޯޒޯ ކެއްކުން:
އަަނެއްކާވެސް ތެލި އުދުން މައްޗަށް ޖައްސައި، މެދުގިނީގައި ސޫޕް ކައްކަން ފަށާށެވެ. އޭގެ ތެރެއަށް އޯޒޯ އަޅައި، މަޑުވަންދެން 11 އާއި 13 މިނެޓު ވަންދެން ކައްކާށެވެ. ތެލީގެ ފުލުގައި ނުހިފުމަށްޓަކައި ދޭތެރެ ދޭތެރެއިން ހަލުވަންވާނެއެވެ.

5. ރަހަ ހެޔޮވަރުކުރުން:
ސޫޕް ތެލި އުނދުން މަތިން ބޭލުމަށްފަހު، ދިލް (ބޭނުންކުރާނަމަ)، ދިލް، ލުނބޯ ތޮށި، ލުނބޯ ހުތް އަދި ނޮޅާފައި ހުރި ކުކުޅު މަސްކޮޅު އަޅައި އެއްކޮށްލާށެވެ. ރަހަ ބެލުމަށްފަހު ބޭނުންވާ ވަރަށް ލޮނާއި އަސޭމިރުސް އިތުރުކޮށްލާށެވެ.

ސޫޕް ސާވް ކުރާއިރު މައްޗަށް ކުޑަ އޮލިވް އޮއިލް ކޮޅަކާއި، އަސޭމިރުސް އަދި އިތުރު ދިލް ކޮޅެއް ބުރުއްސާލުމުން މާ މީރުވާނެއެވެ.

♨️ ރައްކާކުރާނެ ގޮތް:

ބާކީވާ ސޫޕް ރަނގަޅަށް ބަންދުކުރެވޭ ކޮންޓޭނަރެއްގައި 5 ދުވަހު ފްރިޖުގައި ބެހެއްޓޭނެއެވެ. އޯޒޯއަކީ ފެން ދަމާ އެއްޗަކަށް ވާތީ، ފަހުން ހޫނުކުރާއިރު ކުޑަ ކުކުޅު ސްޓޮކް ނުވަތަ ފެންފޮދެއް އިތުރުކުރަން ޖެހިދާނެއެވެ. މި ސޫޕް ގަނޑުކޮށްގެން (freeze ކޮށްގެން) 3 މަސް ދުވަހު ގެންގުޅެވޭނެއެވެ.

⭐ ކާނާގެ މާއްދާތައް (ކޮންމެ މީހަކަށް):

– ކެލޮރީ: 238

– ފެޓް: 8 ގްރާމް

– ކާބްސް: 14 ގްރާމް

– ޕްރޮޓީން: 29 ގްރާމް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top