އާފަލް އަޅައިގެން ތަފާތު ގޮތަކަށް ތައްޔާރުކޮށްފައިވާ ކުކުޅަކީ ހަމަ ގައިމުވެސް ވަރަށް މީރުވާނެ ޑިޝްއަކަށް ވާނެއެވެ. އެހެންކަމުން މިއަދު މި ގެނެސްދެނީ ފްރައި ޗިކަން އެޕަލްސް ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
300 ގްރާމް ކުކުޅު ކުދިކުދިކޮށް ކޮށާފައި
01 ފިޔާ
01 އާފަލް
1 ސައިސަމުސާ ސޯޔާ ސޯސް
2 ސައިސަމުސާ ޒައިތޫނި ތެޔޮ
1 ސައިސަމުސާ ސަންފްލާވަރ ތެޔޮ
ރަހަލާވަރަށް ލޮނު
ރަހަލާވަރަށް މުގުރި އަސޭމިރުސް
ތައްޔާރުކުރާނޭ ގޮތް:
1- ކޮށާފައިހުރި ކުކުޅު ކޮޅު ޒައިތޫނި ތެލާއި ސޯޔާ ސޯސް ގެ ތެރެއަށް އަޅައި މަރިނޭޑް ކޮށްލާށެވެ.
2- ކިޔުބު ތަކަކަށް ވާގޮތަށް އާފަލް ކޮށާލާށެވެ. ފިޔާ ކޮށާނީ ތުނިތުނި ބޮޅުތަކެއް ގޮތަށެވެ. ސަންފްލާވަރ ތެލުގައި ފިޔާ ކޮޅު ރަތްކޮށްލާށެވެ.
3- މަރިނޭޑް ކޮށްފައިވާ ކުކުޅު ކޮޅު ފިޔާކޮޅާއި އެއްކޮށްލައި ގަދަ ގިނީގައި ތެލުލާށެވެ. ރަނގަޅަށް ހަލުވަން ހަނދާންކުރަންވާނެ އެވެ.
4- ގިނި މަޑުކޮށްލުމަށްފަހު އާފަލުކޮޅާއި އަސޭމިރުސް އެޅުމަށްފަހު ފިޔޮން ނުވަތަ ސަރަފޯސް ޖަހައިގެން 7-10 މިނެޓާއިދެމެދުގެ ވަގުތެއްގައި މަޑުގިނީގައި ކައްކާށެވެ.
5- މިއީ ރޮށްޓާއި އެކު ނުވަތަ ބަތާއި އެކު ކެއުމަށް ވަރަށް އެކަށީގެންވާ މީރު ޑިޝްއެކެވެ.
ތަފާތު ގޮތަކަށް މި ރަހަފަތަށް ޑިޝް އެއް ތައްޔާރުކޮށްލުމަށް ތިރީގައިވާ ޔޫޓިއުބް ވީޑިއޯ ބައްލަވާލައްވާށެވެ.
