ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސިރްފް ޝަބާނާ” ދައްކަން ފަށާ ތާރީޚު އިއުލާނުކޮށްފި

ޕާކިސްތާން ޑްރާމާ “ސިރްފް ޝަބާނާ” ދައްކަން ފަށާ ތާރީޚު އިއުލާނުކޮށްފިއެވެ.

މިއީ ޝަބާނާ ނަމަކަށް ކިޔާ ޒުވާން އަންހެންކުއްޖެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށްފައިވާ ޑްރާމާއެކެވެ. އިޖުތިމާއީ މައްސަލަތަކާއި ގިނަ ބަޔަކު ތަހައްމަލުކުރާ ނަމަވެސް ދައްކަން ފަސްޖެހޭ ފަދަ ނާޒުކު މައުލޫތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ މި ޑްރާމާގައި ސިއްރުތަކާއި ހާމަވަމުންދާ ހަޤީޤަތްތަކުގެ އިތުރުން ބަސްބުނުމަށްވުރެ ހަނުހުރުމުގެ ބަރުކަން ދައްކުވައިދޭނެއެވެ.

އަމިއްލަ މިނިވަންކަން ހޯދުމަށް މަސައްކަތްކުރާ ޝަބާނާ ކުރާ ދިގު ދަތުރުގެ ވާހަކަ މި ޑްރާމާގައި ދައްކުވައިދޭއިރު ޝަބާނާގެ ރޯލުން ފެނިގެންދާނީ ސޮހައި އަލީ އަބްރޯއެވެ. މުހިންމު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި އަދީލް ހުސައިން އަދި ދުއްރާބް ޚަލީލް ފަދަ ހިމެނެއެވެ.

“ސިރްފް ޝަބާނާ” އަކީ ސަނަމް މެހްދީ ޒަރްޔާބް ލިޔެ އާބިސް ރަޒާ ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ. ޕްރޮޑިއުސްކުރީ މޫމަލް ޕްރޮޑަކްޝަން އަދި އެމް.ޑީ ޕްރޮޑަކްޝަންސް ގުޅިގެންނެވެ.

މި ހިނގާ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ ރޭ ހަމް ޓީވީއިން ދައްކަން ފަށާ “ސިރްފް ޝަބާނާ” ގެ އެޕިސޯޑްތައް ދައްކަން ނިންމާފައިވަނީ ކޮންމެ ހޯމަ އަދި އަންގާރަ ދުވަހެއްގެ ރޭ 20:00 ގައެވެ. އަދި ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ދައްކާނެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top