ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަލިފާން” އަދި “އަލްވަދާޢު” ބަލައިލަން ވަރަށް އަރާމު ފުރުސަތެއް

ޑާކް ރެއިން އެންޓަޓެއިންމެންޓުން މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ދެ ފިލްމު “އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ބަލައިލުމުގެ ފުރުސަތު މިއޮތީ ތަނަވަސްވެފައެވެ.

ހުޅުމާލޭ ފޭސް 1 ގައި ހުންނަ ސިނެ ލައުންޖް ސިނަމާގައި މި ދެ ފިލްމު އަލުން އަޅުވަން ނިންމިއިރު މިއީ މިދިޔަ އަހަރު އޮލިމްޕަހުގައި ކާމިޔާބު ޝޯވތަކެއް ދެއްކުމަށްފަހު އިތުރަށް ދެއްކުމަށް ދުވަސް ނެތިގެން އޮލިމްޕަހުން ނެގި މުޅިން ދެ ޖޯންރާއެއްގެ ދެ ފިލްމުކަން ފާހަގަކޮށްލެވެއެވެ.

އަލިފާން

މިއީ ރަވީ ފާރޫޤާއި ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި ވަރުގަދަ އެކްޝަން ތުރިލާއެކެވެ. މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދިޔަ މި ފިލްމަކީ މިހާތަނަށް ޝަރަފް އާއި ޝީލާގެ އެންމެ ތަފާތު އެކްޓިންއެއް ފެނިގެންދިޔަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.

ޝަރަފް އާއި ޝީލާގެ އިތުރުން މި ފިލްމުން ފެނިގެންދިޔަ އިތުރު ތަރިންގެ ތެރޭގައި ރަވީ ފާރޫޤް، މައިހާ އާދަމް، މޫސާ އަލީފް، ހާޒިފް މުޙައްމަދު، މުޙައްމަދު ފައިސަލް، އާދަމް ރިޒްވީ، އާމިނަތު ޝުހާ އަދި ފިލްމަކުން މުޅިން އަލަށް ފެނިގެންދިޔަ ކުރީގެ މަޝްހޫރު ބޮޑީބިލްޑަރ ޢަބްދުﷲ ޢަލީ (ޖޭމް އައްލޮ) ހިމެނެއެވެ.

ސިނެ ލައުންޖްގައި އަލިފާން އަޅުވަން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 6، 9، 10 އަދި 11 ވަނަ ދުވަހުގެ ރެއެވެ.

އަލްވަދާޢު

މިއީ ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި ވަރަށް އަސަރުގަދަ ރޮމޭންޓިކް ފިލްމެކެވެ.

ޝަރަފް ޢަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ މޮޅު އެކްޓިންއެއް ފެނިގެންދިޔަ “އަލްވަދާޢު” ގައި މުހިންމު ރޯލުތައް ކުޅުނު އިތުރު ތަރިންނަކީ ޝީލާ ނަޖީބް، ޢައިޝަތު ލައިޝާ ލަތީފް، ނުޒުހަތު ޝުއައިބް (ނުޒޫ)، މުޙައްމަދު މަޒީން، ފާޠިމަތު ލަތީފް، މުޙައްމަދު ރަޝީދު (ދަރާ) އަދި އިސްމާޢީލް ޖުމައިހް (ޖުމާ) އެވެ.

ސިނެ ލައުންޖްގައި “އަލްވަދާޢު” ދައްކަން ނިންމާފައިވަނީ މި ހިނގާ މާރިޗު މަހުގެ 28، 30 އަދި އޭޕްރިލް މަހުގެ 2، 3، 4 ވަނަ ދުވަހުގެ ރެއެވެ.

މި ދެފިލްމަށް ވެސް ޓިކެޓް ބުކްކުރެއްވުމަށް ގުޅުއްވާނީ 7782899 އަށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top