ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ޚުޝްނަސީބީ” ފަށަނީ

ޕާކިސްތާން ޑްރާމާ “ޚުސްނަސީބީ” ދައްކަން ފަށަން ތައްޔާރުވެއްޖެއެވެ.

ޖާވިދު ޝެއިޚް، މުނާޒާ އާރިފް، އުސާމާ ތާހިރް، ތޫބާ އަންވަރް، އަޙްމަދު ރަފީޤީ، ރިމްހާ އަޙްމަދު، ތެހްޒީބް ޝެހެރްޔާރް، އަޙްމަދު ރަންދަވާ، ދާނިއާ އެންވަރް އަދި ޢަބްދުލް އަހަދު މައިގަނޑު ރޯލުތަކުން ފެނިގެންދާ “ޚުޝްނަސީބީ” ގައި ކިޔައިދެނީ އަނބިމީހާ ނިޔާވުމަށްފަހު ތިން އަންހެން ދަރިން ބަލައި ބޮޑުކޮށް، އެ ތިން ދަރިންނަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްކުރާ ބައްޕައެއްގެ ވާހަކައެވެ. އަދި ކައިވެންޏަށްފަހު އެ ދަރިންގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތައް މި ޑްރާމާގައި ދައްކުވައިދޭނެއެވެ.

އަސަރުގަދަ އާއިލީ ވާހަކައެއް ކިޔައިދޭ މި ޑްރާމާއަކީ ސަމީނާ ނަޒީރްގެ ސްކްރީންޕްލޭއަކަށް އަލީ ޖަފްރީ ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ. ޕްރޮޑިއުސްކުރީ ބަދަރް މެހްމޫދު އަދި އަރްސަލާން ޒީޝާން ގުޅިގެންނެވެ.

“ޚުޝްނަސީބީ” މި ހިނގާ މާރިޗު މަހުގެ 24 ގައި ޖީއޯ ޓީވީއިން ދައްކަން ފަށާއިރު، ކޮންމެ ދުވަހެއްގެ ރޭ 7:00 ގައި އާ އެޕިސޯޑެއް ގެނެސްދޭނެއެވެ. އަދި ޖީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ހަރްޕަލް ޖީއޯ އިންވެސް އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top