ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ހަދް” ކޮންމެ ދުވަހަކު

ޕާކިސްތާން ޑްރާމާ ސިލްސިލާ “ހަދް” އަންނަ ހޯމަ ދުވަހުގެ ރޭ ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.

ލޯބީގެ އިހުސާސްތަކާއި އޮޅުންބޮޅުންވެފައިވާ ތަޤުދީރުތަކާއި އަދި ލޯބީގެ ނަތީޖާތައް އޭގެ އެންމެ ފުންމިނަށް އަސަރުގަދަކޮށް ދައްކުވައިދޭ “ހަދް” ގެ އިސް ރޯލުތަކުން ފެނިގެންދާނީ އަރްސަލާން ބަޓް، ރާބިއާ ޢަލީ އަދި މިންސާ މަލިކްއެވެ.

ނަބީލް ޒުބޭރީއާއި މެހެނޫރް މަލިކް ވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާ “ހަދް” އަކީ ޒާހިދު އިޤްބާލްގެ ޑައިރެކްޝަނެކެވެ. ސްކްރީންޕްލޭ ލިޔުނީ ޤައިސަރާ ހަޔާތުއެވެ. ޕްރޮޑިއުސްކުރީ މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސްއިންނެވެ.

އަންނަ ހޯމަ (23 މާރިޗު) ދުވަހުގެ ރޭ ހަމް ޓީވީއިން “ހަދް” ދައްކަން ފަށާއިރު، އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ދުވަހެއްގެ ރޭ 7:00 ގައެވެ. އަދި ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

މިވެސް ކިޔާލަން:  އާތިފްގެ "ސަންގީ މާހް" މިރޭ ފަށަނީ
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top