ފާރަވެރިޔާ
ބޭރުގައި ފެންނަން ނެތް ނަމަވެސް މީހަކު ޔަސްމީންއަށް ބަލަހައްޓައިގެން ހުއްޓެވެ.
ލަކުޑި ކުޑަދޮރުގެ ފަތިތަކުގެ ދޭތެރެއިން ހުރި ހަނި ދޭތެރެއަކުން، އެއްލޯ ޔަސްމީންއަށް ހުއްޓިފައި ހުއްޓެވެ. އޭނާ މީގެ ކުރިންވެސް އާދެއެވެ. އަބަދުވެސް ދުރުގައި ހުންނަނީ، ވަރަށް ސިއްރުވެރިކޮށެވެ. އެހެން މީހުން އެ ގެޔާ ދުރުހެލިވެއެވެ. އަދި އެ ދެމައިންދެކެ އިންތިހާއަށް ބިރުގަނެއެވެ. އެ ގޭތެރޭގައި ހިނގާ އެއްވެސް ކަމެއް އެނގެން، ފެންނަން ބޭނުންނުވެއެވެ.
ނަމަވެސް އޭނާއަކަށް ނުހުރެވުނެވެ. މި އަންހެންކުއްޖާގެ ކިބައިގައި އޭނާ ދަމައިގަންނަ ފަދަ ސިފައެއް ހުއްޓެވެ. ކޮންމެ ފަހަރަކު ކުރިއަށްވުރެ ބޮޑަށް އޭނާ އެތަނަށް ގެންދެއެވެ. އެއީ ނުތަނަވަސް ޝައުގުވެރިކަމެކެވެ. ޒުވާންކަމުގެ ފޯރިއާއި، ނުކިޔަމަންތެރިކަމުގެ ސިއްރުވެރި ކެރުމާ، މަސްހުނިވެފައިވާ އަނދިރި އަދި ފުން އިހުސާސެކެވެ.
މިއަދު މި އަންހެންކުއްޖާ ލޯގަނޑުގެ ކުރިމަތީގައި މަޑުކޮށްގެން ހުރީ އާދައިގެ މަތިން މަޑުކުރަންވާ ވަރަށްވުރެ މާ ގިނައިރު ވަންދެނެވެ.
އެ ހުދު ސިލްކް ފޭރާން އެ އަންހެންކުއްޖާގެ ހަށިގަނޑުގައި ބީހިލަމުން ދިޔައިރު، އެ މަޑު ސިިލްކު ލޭސް ހަށިގަނޑާ އެކުވެގެން ދިޔައީ، އެތައް އަހަރެއް ވަންދެން އެ އަންހެންކުއްޖާއަށް އިންތިޒާރުގައި އޮތް ފަދަ ގޮތަކަށެވެ. ވަރަށް ފަރުވާތެރިކަމާއެކު ރީތިކޮށްލަމުން، އެ އަންހެންކުއްޖާގެ އިނގިލިތަކުން ބުރާގެ ނާޒުކު ވާގަނޑުގައި ފިރުމާލިއެވެ. އަދި އަމިއްލަ ސޫރައަށް ބަލަހައްޓައިގެން، އަމިއްލަ ހަށިގަނޑުގެ ބައްޓަމާއި ސިފަތައް އަލުން ދަސްކުރާ ފަދަ ގޮތަކަށް މަޑު މަޑުން އަތުން ފިރުމަމުން އަތް ކަރު ކައިރިންގޮސް ފޫޅުކައިރީ މަޑުޖެހިލިއެވެ.
އަންހެންކުއްޖާގެ ހަރަކާތްތަކުގައި އެއްވެސް އަވަސް އަރުވާލުމެއް ނެތެވެ. އޮތީ ހަމައެކަނި ކަންކަން ހޯދާ ބެލުމުގެ ޝައުގުވެރިކަމެވެ. އަދި އިހުސާސްތަކެވެ.
ކޮންމެ ކުޑަ ބީހިލުމަކާއި، މަޑުމައިތިރި ނޭވާލުމެއްގެ އިތުރުން، އެ ހިތަށް އަރާ ފައިބަމުންދާ ކޮންމެ އިހުސާސެއް އެ މޫނުމަތިން އަދި ލޯގަނޑުން ފާޅުވަމުން ދިޔައެވެ. ފުރަތަމަ ފަސްޖެހިފައި ހުރެ، އެކަމަކު ފަހުން ޔަގީންކަމާއެކު، އަތުގެ މުލައްދަނޑިއާއި އުނަގަނޑުގައި އިނގިލިތަކުން ފިރުމާލިއެވެ. މީގެ ކުރިން ދުވަހަކުވެސް ފާހަގަނުކުރެވޭ ކަންތައްތަކެއް އަލުން ފެނިގެން ދިޔަ ފަދަ ވަގުތުކޮޅެކެވެ.
މިއަދު އޭނާ އެހެން ފަހަރުތަކަށްވުރެ މާ ބޮޑަށް ކައިރިވެވުނީއެވެ. މާ ބޮޑަށްވެސް ކައިރިވެވުނީއެވެ…
އެ ކުޑަ ލޯވަޅުން، އޭނާއަށް އެ އަންހެންކުއްޖާ މިހާރު ވަރަށް ސާފުކޮށް ފެނެއެވެ. މަޑު އަލިކަމެއްގެ ތެރޭގައި ހުރި ފުރިހަމަ ރީތި ހަށިގަނޑެކެވެ..
ލޯގަނޑު ކުރިމަތީގައި މަޑުމަޑުން ހަރަކާތްތެރިވަމުން ދިޔައިރު، އެ އަންހެންކުއްޖާއަށް އެއްވެސް ކަމެއް ރޭކާނުލައެވެ. ނުވަތަ… ފަހަރެއްގައި މުޅިން ރޭކާނުލަނީއެއްވެސް ނޫނެވެ. ގަސްތުގައި އޭނާ ތަޅުވަނީއެވެ. އެހެރަ ތޫނު މަސްތީދެލޮލެވެ…
އޭނާގެ ނޭވާ އަވަސްވާން ފެށިއެވެ. އެއީ ހަމައެކަނި ފެންނަ މަންޒަރަކުންނެއް ނޫނެވެ. އޭނާއަށް ކުރެވޭ އިހުސާސްތަކުގެ ސަބަބުންވެސްމެއެވެ. ބޭއިޚްތިޔާރުގައި ހިފަހައްޓަން ނޭނގޭ ބާރުމިނެއްގައި ކެތްތެރިކަމެއް ނެތި އޭނާގެ އަތުން ލައިގެން ހުރި ޖީންސް ޒިބު ތިރިކޮށްލުމަށްފަހު ހަރަކާތްތެރިވާންފެށިއެވެ. އޭނާގެ އެތެރެހަށީގައި މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާ ފަދަ ވަރުގަދަ ޖަޒުބާތެއް އުފެދެމުން ދިޔައެވެ. އެއީ ހަމައެކަނި އެދުންވެރިކަމެއް ނޫނެވެ. އޭގެ ބުރަދަން މާ ބޮޑެވެ. އެ މަންޒަރާ ދުރަށް ނުދެވޭނެ ފަދަ ގޮތަކަށް އޭނާ އެތަނަށް ހުއްޓުވާފައި ބެހެއްޓީ އެ އިހުސާސެވެ. އެ ހަށިގަނޑާ އެ ލޮލުގެ ޖާދޫއެވެ.
އެ އަންހެންކުއްޖާ ފެންނަނީ… ހަގީގަތެއް ނޫން ފަދަ ގޮތަކަށެވެ. އާދަޔާ ހިލާފު ފުރިހަމަކަމެކެވެ. އެއީ މިގޮތަށް ބަލަން ހެޔޮވާވަރުގެ މަންޒަރެއް ނޫން ފަދައެވެ. އޭނާގެ އަތް ބާރުކޮށްލެވުނެވެ. އަދި ހަރަކާތް އަވަސްކޮށްލެވުނެވެ.. އޭނާގެ އަނގައިން ބޭއިޚްތިޔާރުގައި ހިތް ހަމަ ޖެހުމުގެ ފުން ނޭވާއެއް ފަދަ މަޑު އަޑެއް ބޭރުކޮށްލެވުނެވެ، ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.
ބޭއިޙްތިޔާރުގައެވެ.
އެއާ އެކު ޖިންސު ޖީބުގައި އޮތް ލައިޓަރަކާއި ފޯނު ބިންމަޗަށް ވެއްޓުނެވެ. އެ ގޭތެރޭގައި އޮތް ފުން ހިމޭންކަމުގެ ތެރޭގައި އެ ކުޑަ އަޑުވެސް އިވުނެވެ.
ގޭތެރޭގައި ހުރި އެ އަންހެންކުއްޖާ ހުއްޓުން އެރިއެވެ. އިނގިލިތަކުގެ ހަރަކާތް ކެނޑުނެވެ. އެ އަންހެންކުއްޖާގެ ބޯ މަޑުމަޑުން ކުޑަދޮރާ ދިމާއަށް އަނބުރާލިއެވެ…..
ޔަސްމީން އެއްވެސް އެއްޗެއް ނުބުނެ، އެއްވެސް ހަރަކާތެއް ނެތި ކުޑަހިނދުކޮޅަކަށް އޭނާ މަޑުޖެހިފައި ހުއްޓެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށި ނަމަވެސް، ދުރަކަށް ނުދެވުނެވެ. ދުރަށް ދާން ބޭނުމެއްވެސް ނުވިއެވެ. ސަބަބަކީ، އެ ހާސްކަމުގެ ތެރޭގައިވެސް، އޭނާގެ ހިތުގެ ފުނުގައި އެހެން ކަމެއް ވާކަން އިހުސާސްވީތީއެވެ. އެއީ ހެނދުނު އޭނާ ހޭލެއްވި އެ ދަމައިގަތުމެވެ. އިންތިޒާރުގައި ހުރި، ބަލަހައްޓައިގެން ހުރި، އަދި އޭނާއަށް ގޮވަމުންދާ ބާރެވެ. ނަމަވެސް އޭނާގެ ނަފްސުގެ ކޮންމެވެސް ހިސާބަކަށް ބަދަލެއް އަތުވެއްޖެކަން އޭނާއަށް އިހުސާސްވަމުންދިޔައެވެ. އެއީ ހަމައެކަނި އެތަނުގައި މީހަކު ހުރިކަމުގެ އިހުސާސެއް ނޫނެވެ.
ބޭރުގައި، ހުރި ފާރަވެރިޔާ ފިޔަވަޅުމަތީ ގަނޑުވި ކަހަލައެވެ. ފަހަތަށް ފިޔަވަޅެއް އަޅައި، އަބަދުވެސް އުޅޭ ފަދައިން ހިޔަނިތަކުގެ ތެރެއަށް ވަދެ ފިލުމަށް އޭނާގެ ހުރިހާ ސިކުނޑީގެ ނާރުތަކެއް ގޮވަމުންދިޔައެވެ.
ނަމަވެސް އޭނާގެ ހަށިގަނޑު އެކަމަށް އިންކާރުކުރިއެވެ.
ބަޔާންކުރަން ނޭނގޭ ބާރަކުން، ބިރުވެރިކަމާއި ކޮންމެވެސް ކަހަލަ ދަމާބާރެއްގެ މެދުގައި އޭނާ އެތަނަށް ތަތްކޮށްފައި ހުރި ކަހަލައެވެ. މިހާރު މިއީ ހަމައެކަނި ބަލަހައްޓައިގެން ހުރުމެއް ނޫނެވެ. މިއީ އެކަމުގެ ތެރެއަށް ދަމައިގަތުމެކެވެ.
ގޭގެ އެތެރޭގައި، ޔަސްމީން ކުރިއަށް އެއް ފިޔަވަޅު އެޅިއެވެ. ދެން އަނެއް ފިޔަވަޅެވެ. ފިނި ތަޅުންގަނޑުގައި ބީހެމުންދިޔަ ހުސް ފައިތިލައާ އެކު އޭނާ ހިނގަމުންދިޔައީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. ހީވާގޮތުން އެމީހަކު ހުރީ ކޮން ދިމާލެއްގައިކަން އޭނާއަށް ކުރިންވެސް އެނގެއެވެ.
މުޅި މާހައުލަށް ނުތަނަވަސްކަމެއް ވެރިވިއެވެ. ކުޑަދޮރުގެ ފިލާގަނޑުތަކުގެ ދޭތެރެއިން ފެންނަން ހުރި ހަނި ހުސްތަންކޮޅުން ބޭރު ބަލަން އޭނާ ހުރީ އެސްފިޔަޖަހާލުމެއް ނެތިއެވެ.
ދެން އޭނާ މަޑުޖެހިލިއެވެ. ސީދާ ކުޑަދޮރުގެ ކުރިމަތީގައެވެ.
ބޭރުގައި ހުރި މީހާގެ ހަށިގަނޑުގެ ހޫނުކަން އިހުސާސްވާހާ ގާތުގައެވެ. އެ ދެމީހުންގެ ދެމެދުގައިވާ ހިމޭންކަމުގެ ނޭވާ އިހުސާސްވާހާ ގާތުގައެވެ.
އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އެއްވެސް މީހަކު ހަރަކާތެއް ނުކުރެއެވެ. އެހެނަސް އެ ދެމީހުންގެ ދެމެދުގައިވާ ކޮންމެ ކަމަކުން ބަޔާންކުރަން ނޭނގޭ ބިރުވެރިކަމެއް ސިފަވަމުންދިޔައެވެ. އެއީ ނުރައްކާތެރި، އަދި އެ ދެމީހުން ކުރެ އެކަކަށްވެސް ފުރިހަމައަށް މިލްކުވެގެންނުވާ ކަމެކެވެ.
ފިލާގަނޑުގެ ބާގަނޑުން ވަން މަޑު ވައިރޯޅިއަކުން ޔަސްމީންގެ ފަން ދިގު އިސްތަށިގަނޑު ހޫރިލައި، އޭނާގެ ހަންގަނޑުގައި ބީހިލިއެވެ. އެ ވަގުތު، ބޭރުގައި ހުރި މީހާއަށްވެސް އެކަން އިހުސާސްވިއެވެ. އެއީ ހަމައެކަނި ވައިރޯޅިއެއް ނޫނެވެ. އެ ވައިރޯޅީގެ ތެރޭގައި އެހެން ކަމެއް ވިއެވެ. އެއީ ވަރަށް ކުރީގެ، ގަދީމީ ކަމެކެވެ. ބަލަހައްޓައިގެން ހުރި، އިންތިޒާރުގައި އޮތް، އަދި ގޮތް ނިންމަމުންދިޔަ ކަމެކެވެ.
ކުއްލިއަކަށް އެމީހާގެ މޭ ފިތޭގޮތްވެ، މޭކަށިގަނޑުގެ އަޑީގައި އާދަޔާ ހިލާފު ބާރެއް އުފެދުނެވެ. ހީވާގޮތުން އޭނާގެ ހިތުގެ ތެޅުމަކީވެސް މިހާރު އޭނާގެ އަމިއްލަ އެއްޗެއް ނޫނެވެ. އެ އަނދިރި ހަނި ދޭތެރެއިން އޭނާގެ ނަޒަރު ޔަސްމީންގެ ލޮލާ ސީދާވިއެވެ. އެ ކުޑަ ހިނދުކޮޅުގެ ތެރޭގައި އޭނާއަށް ފެނުނީ ހަމައެކަނި އެ އަންހެންކުއްޖާއެއް ނޫނެވެ. އޭނާގެ ލޮލުގެ އަޑީގައިވާ އެހެން ކަމެކެވެ. މާ ފުން، އޭނާގެ ހަށިގަނޑު ފޫއަޅުވާލާފައި ބަލަހައްޓައިގެން ހުރި ކަމެކެވެ.
އޭނާގެ ތުންފަތް ކުޑަކޮށް ހުޅުވިގެންދިޔައީ ބިރުގަތުމަކުން ނޫނެވެ. އެއީ ކޮންމެވެސް ކަމެއް ބަލައިގަތުމުގެ، ނުވަތަ ދެނެގަތުމުގެ ނިޝާނެކެވެ. ހީވާގޮތުން މި ވަގުތުކޮޅަކީ، މި ބައްދަލުވުމަކީ، އެއިން އެކަކަށްވެސް އެނގުމުގެ މާ ކުރިންސުރެ އިންތިޒާރު ކުރެވެމުންދިޔަ ކަމެކެވެ.
ދެން، ދުނިޔެތަކުގެ މެދުގައި ދަތުރުކުރާ ސިއްރު ބަހެއްގެ ފަދައިން، އޭނާ ވާހަކަދެއްކިއެވެ.
” ތީ ކާކު؟ ”
“އަހަރެންނަށް ފާރަލާނީ ކީއްވެ؟”
“ތިހާ ގިނައިން ތި އެނބުރި އަންނަނީ ކީއްވެ؟”
ޔަސްމީންގެ އަޑު މަޑެވެ. ނަމަވެސް އެ އަޑުގައި އެއްވެސް ތުރުތުރުލުމެއް ނެތެވެ. ބިރުވެރިކަމެއް، ހައިރާން ކަމެއް، ޖެހިލުންވުމެއް ނެތެވެ.
“އަ..އަ…އަހަރެންމީ އަމްޝަދު”
(ނުނިމޭ)
