ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޕަރީ – ޗެޕްޓަރ 2” ގެ ޓިކެޓު ވިއްކަން ފަށައިފި

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ބިރުވެރި ފިލްމު ޕަރީގެ ދެވަނަ ބައި، “ޕަރީ ޗެޕްޓަރ 2″ގެ ޓިކެޓު ހޮނިހިރު ދުވަހުން ފެށިގެން ވިއްކަން ފަށައިފިއެވެ.

އޮލިމްޕަހުގެ ޓިކެޓު ކައުންޓަރުން މިހާރު ޓިކެޓު ލިބެން ހުންނާނެއެވެ. މި ފިލްމު ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.

ދިވެހި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ފަންނާނު ސީޒަން އަލީ ޕްރޮޑިއުސްކުރާ މި ފިލްމުގެ ބޮޑު ބައެއް ޝޫޓުކޮށްފައިވަނީ ސްރީލަންކާގައެވެ. ފިލްމުގެ ފުރަތަމަ ބަޔަށް ލިބުނު ބޮޑު ތަރުހީބުގެ އިތުރުން، ބޮލީވުޑްގެ ތަރި ސުރްޖަސިކާ ދާސްގެ މުހިންމު އަދި ބޮޑު ރޯލެއް މި ބައިން ފެނިގެންދިއުމަކީ ފިލްމަށް އޮތް ޝައުގުވެރިކަން އިތުރުވި ސަބަބެކެވެ.

ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، އަލީ ސީޒަން، ޖުމައްޔިލް ނިމާލް، އަދި މުހައްމަދު ނައުޝާދު އަލީ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ލަންކާގެ ބައެއް މަގުބޫލު ފަންނާނުން ވެސް މި ފިލްމުން ފެނިގެންދެއެވެ.

މީގެ ދެ ހަފުތާކުރިން “ޕަރީ – ޗެޕްޓަރ 2″ގެ ޓްރެއިލާ އާއްމުކޮށްފައިވެއެވެ. މި ޓްރެއިލާއިން ފިލްމުގެ މުހިންމު ބައެއް މަންޒަރުތައް ފެނިގެންދެއެވެ. މިގޮތުން ސުރްޖަސިކާ ދާސް ފެނިގެންދިޔަ މަންޒަރުތަކުން އޭނާ ވާހަކަދައްކާފައިވަނީ ހިންދީބަހުން ނެވެ. ސީޒަންގެ މަންޒަރުތަކުން ފާހަގަވީ ކުރީ ޗެޕްޓަރަށްވުރެން ތަންކޮޅެއް ހަރުކަށި ގޮތެއްގައެވެ.

 

View this post on Instagram

 

A post shared by @paree.chapter2

މިވެސް ކިޔާލަން:  މީގެ ހަތަރު އަހަރު ކުރިން ނަހޫ، ނިޢުމާ، ސީޒަން އަދި ސަޢީދު މުނިއަވަސްއާ މެދު ބުނީ
2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top