ޑާކްރެއިން އެންޓަޓެއިންމަންޓުން މިހާރު ޝޫޓިން ފަށާފައިވާ ފިލްމު “މާމުއި”ގެ ހާއްސަ ފެނިލުމަކުން ކުރީގެ މަޝްހޫރު ބަތަލު އިސްމާއިލް ވަޖީހު ހަރަކާތްތެރި ވާނެކަން އެ ސްޓޫޑިއޯ އިން ހާމަކޮށްފި އެވެ.

އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ ބޮޑު ކާސްޓެއް ހިމެނޭ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ވަޖީހު ފިލްމުން ފެނިގެންދާނެ ހުރިހާ މަންޒަރެއް މިހާރު ޝޫޓްކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަންޒަރުތައް ނަގާފައި ވަނީ ޔޮޓް އެއްގައި ކަމަށެވެ.

މާމުއި އަކީ އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކުރާ ތަފާތު ފިލްމެކެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ. މީގެ އިތުރުން ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ހިމެނެއެވެ.

މި ފިލްމުވެސް ޑައިރެކްޓް ކުރަނީ ކުޅަދާނަ ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.