2019 ވަނަ އަހަރު ރިލީޒްކުރު ފިލްމުތަކުގެ ތެރެއިން އެ ފިލްމުގެ ނަމާއި އެއްވަރަށް އޭގެ ގަދަ ރަހަ، އެތަކެއް ބަޔަކަށް ލިބިގެންދިޔަ ފިލްމަކީ ޑާކްރެއިންގެ ”މާމުއިި“ އެވެ. ”މާމުއިި“ގެ ފޮނިކަން އޭރު ބަލައިނުލެވުނު ފަރާތްތަކަށް އަނެއްކާވެސް އެ ފުރުޞަތު މިވަނީ ހުޅުވާލާފައެވެ. ޑާކްރެއިން އިން މިއަދު ބުނީ ފެބްރުއަރީ06 އަދި08 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ފިލްމު ”މާމުއިި“ އަޅުވާނެ ކަމަށެވެ.
01 ޖުލައި 2019 ގައި ރިލީޒްކޮށް، ސަތޭކަ އިންސައްތަ ހައުސްފުލް 15 ޝޯވ އޮލިމްޕަހުގައި ދެއްކުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައްކާފައިވާ މި ފިލްމުގެ ވާހަކަ ލިޔުނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުއެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑައިރެކްޓްކުރީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް ޑައިރެކްޓަރުންގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އަލީ ޝިފާއު (ޗިއްޕެ)އެވެ.
ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ މާމުއި ފުޅިއެއް ހޯދަން ބަޔަކު އުޅޭ ގޮތެވެ. ޢެންމެ ފަހުން އެކަން ނިމެނީ ހިތައްވެސް ނާރާގޮތަށެވެ. މަޖާ އެތަކެއް ކަންތައްތަކެއް ފެނިގެންދާ ”މާމުއިި“އަކީ ބޮޑު ކާސްޓެއް ފެނިގެންދާ ފިލްމެކެވެ.
”މާމުއިި“ގެ ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، އަޙްމަދު ސަޢީދު، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން ”މާމުއިި“ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދިޔައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




