ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝިފާގެ ސިފައަށް ބަދަލެއް އެބަ ގެނޭ! – ކީއްވެކަން އެނގޭތަ؟

– އެ ބޮޑު ބަދަލު ގެންނަނީ 2 ކުދިންގެ މަންމަގެ ބައި ކުޅެން.

ސޯޝަލް މީޑިއާގައި ރަނިކަން ކުރަމުން އަންނަ ތަރި މަރިޔަމް ޝިފާ ނުވަތަ ޝޯރާ އަކީ ޓިކްޓޮކް ފަދަ ޕްލެޓްފޯމް ތަކުގައި ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެއް ތަރިއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

ޝިފާގެ ކޮންމެ ހަރަކާތެއް ގިނަ ބަޔަކު ފޮލޯކުރަމުން ދާއިރު ފަހަކަށް އައިސް ޝިފާ ފެންނަ ގޮތް ބަދަލުވަމުން ދާކަން ފާހަގަ ކުރެވެއެވެ. އަބަދުވެސް ތުނި ތުނިކޮށް ހުންނަ ޝިފާ ތަންކޮޅެއް ރޫފަ ޖެހިލާ، ފަލަ ވެއްޖެ ކަން ފާހަގައެއް ނުކުރެވޭ ހެއްޔެވެ؟

މިފަދަ ބަދަލެއް ޝިފާ އަށް މި އަންނަނީ ކޮން ސަބަބަކާހުރެ ކަން ޔަގީން ވެގެން މުނިއަވަސް އިން ޝިފާ އާ ސުވާލު ކޮށްލީމެވެ.

“މި ތައްޔާރު ވަނީ ވަރުގަދަ ފިލްމަކަށް. ފިލްމް ގަ އަހަރެން ކުޅެން ޖެހެނީ ކުޑަ ދެ އަންހެން ކުދީންގެ މަންމަ ބައި.”

އެހެންވީމާ އަހަރުމެންނަށް މި ހީވީ ރަގަޅަށެވެ.

މިވަރުގެ ކޮމިޓްމަންޓެއް ދީގެން ޝިފާ ފިލްމަކަށް ތައްޔާރު ވާއިރު މީ ހަގީގަތުގަވެސް ވަރުގަދަ ފިލްމަކަށް ވާނެކަން ގައިމެވެ.

ފިލްމާ ބެހޭ އިތުރު މައުލޫމާތެއް ސާފުވެގެން ނުދިޔަޔަސް ފިލްމަކީ މިއަހަރު އޮލިމްޕަސް ސްކްރީނުން ފެންނާނެ ފިލްމެއް ކަމަށް ޝިފާ ވަނީ ބުނެފަ އެވެ. އެހެން ކަމުން އެބުނާ ފިލްމަކީ އަދި އެ ކުޑަ 2 އަންހެން ކުދީން ނަކީ ކޮބައިތޯ ސުވާލު އުފެދިގެން ދިޔައެވެ.

ވަރުގަދަ ފިލްމެކޭ ބުނެފައި، ކުޑަ 2 އަންހެން ކުދީން އުޅޭ ފިލްމެކޭ ބުނީމާ ހަނދާން ވަނީ ކޮން ފިލްމެއް ހެއްޔެވެ؟ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ޝޯ ދައްކާ ހައުސްފުލް ކުރި ފިލްމުގެ ރެކޯޑް ލިބިފައިވާ “ސޮރީ” މަތިން ހަނދާން ވާނަކެކަން ޔަގީނެވެ.

ހަނދާން ވަނީ “ސޮރީ” ގެ ކާމިޔާބީގެ ފަހަތުގައިވާ ކުޑަ 2 ކުދީން ކަމަށްވާ ލާލީ އާ އެވެލީގެ މަތިންނެވެ. ޝިފާ ކުޅެން މި އުޅެނީ އަނެއްކާ އެ ދެކުދީން ގެ މަންމަގެ ރޯލެއް ނޫން ބާ އެވެ! އަހަރުމެންގެ ޝައުގުވެރިކަން އިތުރަށް އުފެދިގެން ދިޔައެވެ.

އެހެންކަމުން ދެން ބަލާލީ ނަހުލާގެ ފިލްމެއް މި އަހަރު އަޅުވާތޯ އެވެ. މިއަހަރު ފަހުކޮޅު ނަހުލާގެ ފިލްމެއް އެބަ އަޅުވައެވެ.

ފިލްމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އަދި ދޫކޮށްލާފައި ނުވިޔަސް، މި ލިބުނު މައުލޫމާތަކީ ނަހުލާގެ ފިލްމަކާ ގުޅުން ހުރި މައުލޫމާތަކަށް ވެދާނެ ކަމުގެ އުއްމީދު ބޮޑެވެ.

އެހެން ކަމަށް ވާނަމަ އެ ފިލްމަކީ ހަގީގަތުގައިވެސް ވަރުގަދަ ފިލްމަކަށް ވާނެ އެވެ.

އިތުރު މައުލޫމާތެއް ލިބޭތޯ މިވަގުތުން ފެށިގެން، މުނިއަވަސް އޮންލައިންއާ އެކު ކިޔުން ތެރިންވެސް އިންތިޒާރުގެ ވަގުތުތައް ގުނަން ފަށާނެ ކަން ކަށަވަރެވެ.

ހަމަ ގައިމުވެސް ދިވެހި ފިލްމީ ޚަބަރުތައް އެންމެ ގާތުން، އެންމެ އަވަހަށް ގެނެސްދޭ މުނިއަވަސް އިން “ޝިފާ”ގެ ބޯކޮޅުބަލައިގެންވެސް، އޭނާ އެ ތައްޔާރުވާ ބޮޑު ޕްރޮޖެކްޓަކީ ކޮބައިތޯ ބަލައި ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނަމެވެ.

50
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top