ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދުރަންދަރު 2 : ރަ ރިވެންޖް” ފުރަތަމަ ހަފުތާގައިވެސް ރެކޯޑްތައް މުގުރާލައިފި

“ދުރަންދަރު 2: ދަ ރިވެންޖް” ފުރަތަމަ ހަފުތާގައިވެސް ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލައިފިއެވެ.

ޖާސޫސީ އެކްޝަން ފިލްމު ބޮކްސް އޮފީހުގައި ރެކޯޑްތައް މުގުރަމުން އާ ރެކޯޑްތައް ގާއިމުކުރަމުން ދާއިރު އެންމެ ހަތް ދުވަހުގެ ތެރޭގައި މި ފިލްމު ވަނީ ހިންދީ ބަހުން އިންޑިއާގައި އެކަނިވެސް 526 ކްރޯޑް ރުޕީސް ހޯދާފައެވެ. މިއާއެކު މި ފިލްމު ވެގެން ގޮސްފައިވަނީ 500 ކްރޯޑް ރުޕީސްގެ ކުލަބަށް އެންމެ އަވަހަށް ވަން ފިލްމަށް ވެފައެވެ.

އަދިތުޔާ ދަރް ޑައިރެކްޓްކޮށް، ރަންވީރް ސިންގް ލީޑް ރޯލުން ފެނިގެންދާ “ދުރަންދަރް 2: ދަ ރިވެންޖް” މިހާރު ވަނީ “އެނިމަލް”، “ގަދަރް 2” އަދި “ޕަތާން” ފަދަ ފިލްމުތަކުގެ ޖުމްލަ އާމްދަނީއަށްވުރެ ކުރި ހޯދާފައެވެ. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި “ޖަވާން”، “ޗާވާ” އަދި “ސްޓްރީ 2” ގެ ރެކޯޑްތައް މުގުރާލައި 600 ކްރޯޑް ރުޕީސްގެ ކުލަބަށް ވަންނާނެކަމަށް ލަފާކުރެވެއެވެ. މިހާރު ފިލްމުގެ ވިޔަފާރިއަށް ބަލާއިރު އަންނަ އާދީއްތަ ދުވަހާ ހަމައަށް މި ފިލްމަށް 700 ކްރޯޑް ރުޕީސް ލިބޭނެކަމަށް ބެލެވެއެވެ.

މީގެ ކުރިން ހިންދީ ބަހުން އެންމެ އަވަހަށް 500 ކްރޯޑް ރުޕީސް ހަމަކުރި ފިލްމަކީ އައްލޫ އަރްޖުންގެ “ޕުސްޕާ 2: ދަ ރޫލް” އެވެ. އެ ފިލްމަށް އެ އަދަދު ހަމަކުރަން 11 ދުވަސް ނެގިއިރު “ދުރަންދަރު”ގެ ފުރަތަމަ ބައި 500 ކްރޯޑް ހަމަކުރީ 17 ދުވަހުންނެވެ. އިންޑިއާގައި ހިންދީ ބަހުން އެކަނި 526 ކްރޯޑްގެ އާމްދަނީއެއް މި ފިލްމު މިހާތަނަށް ވަނީ މުޅި ދުނިޔެއިން ވަނީ 1000 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ.

މިހާރު މުޅި ދުނިޔޭން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގެ ފަސްވަނައިގައި “ދުރަންދަރު 2: ދަ ރިވެންޖް” އޮތްއިރު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި “ޖަވާން”، “ޕަތާން” އަދި “ދުރަންދަރު” ގެ އާމްދަނީއަށްވުރެ ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. އޭރުން ބާކީ އޮންނާނީ މިހާތަނަށް އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި “ޑަންގަލް” އާއި ވާދަކުރުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top