ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “މެރެ ޕާސް ރަހޯ ތުމް” ފަށައިފި

ޕާކިސްތާން ޑްރާމާ “މެރެ ޕާސް ރަހޯ ތުމް” ދައްކަން ފަށައިފިއެވެ.

ނަވާލް ސައީދު އާއި އުމަރު ޝެހެޒާދު ލީޑް ރޯލުން ފެނިގެންދާ މި ރޮމޭންޓިކް ފެމިލީ ޑްރާމާގައި ފެނިގެންދާ މުހިންމު އިތުރު ތަރިންގެ ތެރޭގައި ހިބާ އަލީ ޚާން، އަޒީކާ ޑެނިއަލް، ސުބްހާން އަވާން، ރައީދު މުޙައްމަދު އަލަމް އަދި ރާހަތު ޣަނީ ފަދަ ތަރިން ހިމެނެއެވެ.

މިއީ ލޯތްބާއި ޤުރުބާނީ އަދި އާއިލީ ގުޅުންތަކުގެ މައްޗަށް ބިނާކޮށްފައިވާ އަސަރުގަދަ ލޯބީގެ ޑްރާމާއެކެވެ. އިންސާނީ ގުޅުންތަކުގެ ދަތުރާއި އެ ގުޅުންތަކަށް ކުރިމަތިވާ ހިތާމަވެރި އަދި ނަފްސާނީ ގޮންޖެހުންތައް ދައްކުވައިދޭ މި ޑްރާމާގެ ސްކްރީންޕްލޭ ލިޔުނީ ރާމިސް ތަންވީރެވެ. ޑައިރެކްޓްކުރީ ޝަރިޤް ޔޫސުފް ތާރާއެވެ.

އައިވީސްޓާރ އާއި ބައްބަރު ޖަވައިދު ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ “މެރެ ޕާސް ރަހޯ ތުމް” ރޭގައި އެކްސްޕްރެސް ޓީވީއިން ދައްކަން ފަށާފައިވާއިރު އެޕިސޯޑްތައް ދައްކާނީ ކޮންމެ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ރޭ 9:00 ގައެވެ. ޓީވީގެ އިތުރުން އެކްސްޕްރެސް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

މިވެސް ކިޔާލަން:  ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި އިތުރު 5 މީހަކު ރަނގަޅުވެއްޖެ
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top