ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޝަކްތީ ޝާލިނީ” ގެ ވިލަންގެ ރޯލަށް ވިނީތު ކުމާރު ސިންގް ހަމަޖައްސައިފި

އަނީތު ޕައްޑާ ލީޑް ރޯލުން ފެންނަ “ޝަކްތީ ޝާލިނީ” ފިލްމުގެ އެންޓަގޮނިސްޓްގެ ރޯލަށް މަޝްހޫރު އެކްޓަރު ވިނީތު ކުމާރު ސިންގް ހަމަޖައްސައިފިއެވެ. މިއީ މަޑޮކް ފިލްމްސްގެ މަޤުބޫލު ހޮރޯ-ކޮމެޑީ ޔުނިވާސް (ސްޓްރީ، ބޭޅިޔާ، މުންޖިޔާ ފަދަ ފިލްމުތައް ހިމެނޭ) ގެ ހަވަނަ ފިލްމެވެ.

ރިޕޯޓްތައް ބުނެފައިވާ ގޮތުން މި ފިލްމުގައި ވިނީތު ކުޅޭނީ ވަރަށް ނުބައި، “ޑާކް” ވިލަންއެއްގެ ރޯލެވެ. މިއީ އޭނާ މީގެ ކުރިން ކުޅެފައިވާ ރޯލުތަކާ ވަރަށް ތަފާތު، ގޮންޖެހުން ބޮޑު ކެރެކްޓާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިލްމުގެ މައިގަނޑު ރޯލުން އަނީތު ޕައްޑާ ފެންނައިރު، ވިޝާލް ޖެތުވާ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ. ހަމައެއާއެކު މި ފިލްމު ޑައިރެކްޓް ކުރަނީ “މުންޖިޔާ” ގެ ޑައިރެކްޓަރ އަދިތުޔާ ސަރްޕޮތުދާރް އެވެ.

ފިލްމުގެ މަސައްކަތް މިހާރު މުމްބާއީގައި ފަށާފައިވާއިރު، ކުރިއަށް އޮތް ތާނގައި މަދްޔަ ޕްރަދޭޝްގައި ވެސް ޝޫޓިން ކުރިއަށް ދާނެއެވެ.

ފިލްމު ރިލީޒް ކުރުމަށް ފުރަތަމަ ތާވަލުކުރީ 24 ޑިސެމްބަރު 2026 އަށެވެ. ނަމަވެސް ޝާހްރުކް ޚާންގެ “ކިންގް” އާ އެކު ފިލްމު ރިލީޒްވާތީ، ވިޔަފާރީގެ ގޮތުން ލިބިދާނެ ގެއްލުމަކަށް ބަލައި ތާރީޚަށް ބަދަލެއް އައުން އެކަށީގެންވެއެވެ.

“މުއްކާބާޒް” އާއި “ގޭންގްސް އޮފް ވަސޭޕޫރު” ފަދަ ފިލްމުތަކުން އަމިއްލަ ހުނަރު ސާބިތުކޮށްދީފައިވާ ވިނީތު، މަޑޮކްގެ މި ސިލްސިލާއާ ގުޅުނު މިއީ ފުރަތަމަ ފަހަރެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top