ޕީނަޓް ބަޓަރަކީ މިންހެޔޮކޮށް ބޭނުންކޮށްފިނަމަ ސިއްޙަތަށް ބޮޑެތި ފައިދާތަކެއް ލިބޭ ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް އެކުލެވޭ ކާނާއެކެވެ. ސިއްޙީ ޚާއްސަ މައްސަލަތަކަށް އެހީއަކަށް ވާއިރު މިއީ އާންމު ދުޅަހެޔޮކަމަށްވެސް ކާން ރަނގަޅު އެއްޗެކެވެ.
ޕީނަޓް ބަޓަރުން ލިބޭ ސިއްޙީ މުހިންމު ފައިދާތައް:
- ހިތުގެ ދުޅަހެޔޮކަން: މީގައި ހިމެނޭ ފައިދާހުރި ފެޓްސްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލް (އެލްޑީއެލް) ދަށްކޮށްދީ ފައިދާހުރި ކޮލެސްޓްރޯލް (އެޗްޑީއެލް) އިތުރުކޮށްދެއެވެ.
- ބަރުދަން ކޮންޓްރޯލް ކުރުން: މީގައި ގިނަ އަދަދަކަށް ޕްރޮޓީން އަދި ފައިބަރު ހުރުމުގެ ސަބަބުން ގިނައިރު ބަނޑު ފުރިފައި ހުންނަކަމުގެ އިހުސާސް ކޮށްދީ މާ ގިނައިން ކެއުން ހުއްޓުވައިދެއެވެ.
- ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުން: މިއީ ލޭގައި ހުންނަ ހަކުރު ކުއްލިއަކަށް މައްޗަށް ދިއުން ކޮންޓްރޯލް ކޮށްދޭ އެއްޗަކަށް ވާތީ ހަކުރު ބަލި ހުންނަ މީހުންނަށް މިއީ ރަނގަޅު ކާނާއެކެވެ.
- މުހިންމު މާއްދާތަކުން މުއްސަނދިވުން: 2 ސަމުސަލުގެ ޕީނަޓް ބަޓަރުން ގާތްގަނޑަކަށް 7-8 ގްރާމް ޕްރޮޓީން ލިބެއެވެ. އަދި ފޮސްފަރަސް، ޒިންކް، ނިއަސިން އަދި މެންގަނީޒް ފަދަ މާއްދާތައް މީގައި ހިމެނެއެވެ.
- އެންޓިއޮކްސިޑެންޓްސް: މީގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ދާއިމީ ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް އެހީވެދެއެވެ.
- މުހިންމު މިނަރަލްތައް: މަސްތަކުގެ މަސައްކަތަށާއި ލޭގެ ޕްރެޝަރު ކޮންޓްރީލް ކުރުމަށާއި ކަށީގެ ދުޅަހެޔޮކަމަށް ބޭނުންވާ މެގްނީޒިއަމް އަދި ޕޮޓޭސިއަމް މީގައި އެކުލެވެއެވެ.

ބޭނުންވާއިރު ސަމާލުވާންވީ ކަންތައްތައް:
- ތައްޔާރުކުރަން ބޭނުންކޮށްފައިވާ ތަކެތި ބެލުން: ހަކުރު ނުވަތަ ތެޔޮ އިތުރުކޮށްފައި ހުންނަ ބާވަތްތަކުގެ ބަދަލުގައި ހަމައެކަނި ބަދަން (ޕީނަޓް) ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ “ނެޗުރަލް” ޕީނަޓް ބަޓަރު އިޚްތިޔާރު ކުރާށެވެ.
- މިންހެޔޮކޮށް ބޭނުންކުރުން: ޕީނަޓް ބަޓަރަކީ ކެލަރީ ގިނަ އެއްޗަކަށް ވުމުން ދުވާލަކު 1 ނުވަތަ 2 ސަމުސަލަށްވުރެ ގިނަ ނުކުރުން ރަނގަޅެވެ.
- އެލާޖީއަށް ސަމާލުވުން: ޕީނަޓަށް އެލާޖިކް ވާނަމަ މި ބޭނުން ނުކުރާށެވެ.
ކިޔުންތެރިންގެ ޚިޔާލު
