ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހްރުކް ޚާންގެ “ކިންގް” ފިލްމުގެ އައިޓަމް ލަވައަކަށް ކަރީނާ ކަޕޫރު؟

ޝާހްރުކް ޚާން ލީޑް ރޯލުން ފެންނަ “ކިންގް” ފިލްމުގެ މުހިންމު ބަޔަކުން މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ސަޗިން-ޖިގަރް މިއުޒިކް ތައްޔާރުކުރާ މި ފިލްމުގެ “ޑެޑީ ކޫލް” ނަމަކަށް ކިޔާ ފޯރިގަދަ ލަވައަކުން ކަރީނާ ފެންނާނެ ކަމަށް ބެލެވޭއިރު، މިއީ މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ޕިންކްވިލާއަށް މަޢުލޫމާތު ދިން މަސްދަރަކުން ހާމަކުރި ގޮތުގައި، “ޑެޑީ ކޫލް” އަކީ ވަރަށް ޚާއްސަ ގޮތަކަށް ތައްޔާރުކުރާ ލަވައެކެވެ. މީގެ ކުރިން ބެލުންތެރިންނަށް ނުފެންނަ ފަދަ ތަފާތު ގޮތަކަށް ޝާހްރުކް އާއި ކަރީނާ މި ލަވައިން ފެނިގެންދާނެ ކަމަށާއި، މި ލަވަ ފުރިހަމަކުރުމަށްޓަކައި ފިލްމު އުފައްދާ ފަރާތްތަކުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

މި ލަވަ ހުންނާނީ ޝާހްރުކް އާއި ކަރީނާ އެކުގައި ފެނިގެންދިޔަ “ރާވަން” ފިލްމުގެ “ޗައްމަކް ޗައްލޯ” އަދި “ކްރިމިނަލް” ފަދަ މަޤުބޫލު ލަވަތަކުގެ ތަރުޒަށް ކަމަށް ބެލެވެއެވެ. އަދި މި ލަވައިގައި އިންޑިއާގެ ފަންނާނުންގެ އިތުރުން ބައިނަލްއަޤުވާމީ ފަންނާނުން ބައިވެރިކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށްވެއެވެ. ނަމަވެސް މިކަމާ ގުޅޭ ރަސްމީ އެއްވެސް ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ގާތްގަނޑަކަށް 15 އަހަރަށްފަހު މި ދެ ތަރިން ބޮޑު އިސްކްރީނުން އެކުގައި ފެންނާނެތީ ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް އުންމީދުކޮށްގެންނެވެ. މީގެ ކުރިން “ކަބީ ޚުޝީ ކަބީ ޣަމް”، “އަޝޯކާ” އަދި “ރާވަން” ފަދަ ފިލްމުތަކުން މި ދެ ތަރިން އެކުގައި ފެނިފައިވާއިރު، “ޑޯން” އަދި “ބިއްލޫ” ގައި ވެސް ކަރީނާ ވަނީ ޚާއްސަ ފެނިލުންތަކެއް ދައްކުވައިދީފައެވެ.

މިވެސް ކިޔާލަން:  ޝާހްރުކް ޚާންގެ "ކިންގް" ގެ ކްލައިމެކްސް މަންޒަރުތަކެއް ލީކުވެއްޖެ

“ކިންގް” އަކީ 2023 ވަނަ އަހަރުގެ ކާމިޔާބު ފިލްމު “ޕަތާން” ގެ ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކުރާ ބޮޑު ބަޖެޓެއްގެ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މަޝްހޫރު ފިލްމު “ލިއޯން: ދަ ޕްރޮފެޝަނަލް” އާ ގުޅޭ ކަހަލަ އަންޑަވޯލްޑް ދުނިޔެއެއްގެ މައްޗަށެވެ. މީގައި ފެނިގެންދާނީ ތަޖުރިބާކާރު ޤާތިލަކު، ޒުވާން އަންހެން ކުއްޖަކަށް ހިމާޔަތްދީ، ނުރައްކާތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތެވެ.

މި ފިލްމަކީ ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާން ބޮޑު އިސްކްރީނަށް ތަޢާރަފުވާ ފިލްމުވެސް މެއެވެ. ފިލްމުގެ މުހިންމު ރޯލުތަކުން އަބީޝެކް ބައްޗަން، ދީޕިކާ ޕަޑުކޯން، އަނިލް ކަޕޫރު، ޖެކީ ޝްރޮފް، ރާނީ މުކަރްޖީ އަދި ޖައިދީޕް އަހްލާވަތު ފެނިގެންދާނެއެވެ.

ގޯރީ ޚާންގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި މަރްފްލިކްސް ޕިކްޗާސް ގުޅިގެން އުފައްދާ މި ފިލްމުގެ ބެކްގްރައުންޑް މިއުޒިކް ތައްޔާރުކުރަނީ އަނިރުދު ރަވިޗަންދުރެވެ. މި ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 24 ޑިސެމްބަރު 2026 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top