ދީނީ ސުވާލެއް އޮތީތަ؟
އަދަބިއްޔާތު
ބިޔަދޮވި – ހަމަ އެންމެ ލަފުޒެއް

އިނގިރޭސި ބަހުން ހުންނަ ލިޔެކިޔުންތަކުގައި ‘އިންއެޕްރޮޕްރިއޭޓް inappropriate’ މި ލަފުޒަކީ ވަރަށް ގިނައިން ބޭނުންކޮށްފައި ހުންނަތަން ފެންނަ ލަފުޒެކެވެ. ދިވެހި ބަހަށް ތަރުޖަމާއެއް ކުރާއިރު، މި ލަފުޒުގެ ބަދަލުގައި ބޭނުންކޮށްލާނެ ދިވެހި ލަފުޒެއް އާއްމުކޮށް އެނގިފައި ނެތަސް، އިންއެޕްރޮޕްރިއޭޓް ގެ ބަދަލުގައި ‘ބިޔަދޮވި’ ބޭނުންކޮށްލެވިދާނެ އެވެ.

ބިޔަދޮވި މި ލަފުޒުގެ މާނައަކަށް ބަސްފޮތުގައި ވަނީ: 1- ކަމުގެ ދޯހަޅި، 2- އެކަށީގެންނުވާ އެވެ.

ބައެއް މިސާލުތައް:

1- ބިޔަދޮވި އުޅުމަށް އަދަބު ކަނޑައެޅިގެންވެއެވެ.

2- ކާޓޫނު ތަކުގައި ކުދިންނާއި ނުގުޅޭ ބިޔަދޮވި މަންޒަރުތައް ހުރެއެވެ.

އެހެންކަމުން ‘އިންއެޕްރޮޕްރިއޭޓް’ ގެ ބަދަލުގައި ބޭނުންކޮށްލަން އެކަށީގެންވާ އެއް ލަފުޒެއްގެ ގޮތުގައި ‘ބިޔަދޮވި‘ ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top