ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފޮޓޯގެ ފަހަތުގައިވާ ވާހަކަ – ލޮލަށް އެސިޑް ޖަހުން

2004 ވަނަ އަހަރު، އީރާނުގެ ތެހެރާނުގައި އުމުރުން 24 އަހަރުގެ އާމިނާ ބަހްރާމީގެ ލޮލަށް އެސިޑް ޖަހައި އޭނާ ކަނުކޮށްލީ، އޭނާއާ ކައިވެނިކުރަން އެދެމުންދިޔަ މީހަކަށް އެކަމަށް އާމިނާ ތަކުރާރުކޮށް އިންކާރު ކުރުމާ ގުޅިގެންނެވެ. އީރާނާއި ސްޕެއިންގައި ކުރި 17 އޮޕަރޭޝަނަށް ފަހުވެސް، އެސިޑްގެ ސަބަބުން އޭނާގެ ލޮލަށް ދާއިމީ ގެއްލުންތަކެއް ލިބި، މޫނުގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

މި ހަމަލާދިން މަޖީދު މުވައްހިދީ އޭނާގެ ކުށަށް އިއުތިރާފުވެ ބުނެފައިވަނީ، އެކަން ކުރީ ލޯބީގެ ސަބަބުން ކަމަށެވެ. އާދައިގެ މަތިން ދެވޭ މަރުގެ ދިޔަ  ހިފުމަށް އާމިނާ އިންކާރުކޮށް، އީރާނުގެ ޤިޞާޞްގެ ޤާނޫނުގެ ދަށުން އޭނާއަށް ލިބުނު ފަދަ އަނިޔާއެއް މަޖީދަށް ދިނުމަށް އެދުނެވެ. އެއީ މިފަދަ އިތުރު ހަމަލާތަކެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ދެވޭ ފިލާވަޅެއްގެ ގޮތުގައެވެ.

2008 ވަނަ އަހަރު ތެހެރާނުގެ ކޯޓަކުން އާމިނާގެ ކޮޅަށް މައްސަލަ ނިންމައި، މަޖީދުގެ ދެލޮލަށް އެސިޑް އެޅުމަށް ހުކުމް ކުރިއެވެ. ނަމަވެސް، ބައިނަލްއަޤްވާމީ ފާޑުކިޔުންތަކާ ގުޅިގެން މި ހުކުމް ތަންފީޒުކުރުން ދެ ފަހަރެއްގެ މަތިން ފަސްކުރެވުނެވެ.

31 ޖުލައި 2011 ގައި، ހުކުމް ތަންފީޒުކުރުމަށް ހަމަޖެހިފައި އޮތް ވަގުތު، އާމިނާ އިޚްތިޔާރުކުރީ އޭނާއަށް މާފުކުރުމަށެވެ. ޤައުމީ ޓީވީގައި ވާހަކަދައްކަމުން އޭނާ ބުނީ، “ބަދަލު ހިފުމުގެ ފުރިހަމަ ބާރު ލިބިފައިވާ ހާލަތުގައި މާފުކުރުމަކީ އެންމެ ހެޔޮ ގޮތް” ކަމަށެވެ. މިގޮތަށް އޭނާ ނިންމީ އިންސާނިއްޔަތުކަމާއި، މާފުކުރުމަކީ އެންމެ މަތިވެރި ގޮތް ކަމަށް ކީރިތި ޤުރުއާނުގައިވާ އުނގަންނައިދިނުންތަކަށް ރިއާޔަތްކޮށެވެ. އެވަގުތު މަޖީދު ރޮމުން ދިޔަ ނަމަވެސް، އޭނާއަކީ އަދިވެސް ނުރައްކާތެރި މީހެއް ކަމަށާއި، އެހެންކަމުން އޭނާ ޖަލުގައި ބަހައްޓަންޖެހޭނެ ކަމަށް އާމިނާ ފާހަގަކުރިއެވެ.

އިންސާފު ހޯދުމަށް ހަތް އަހަރު ދުވަހު ކުރި ދިގު މަސައްކަތަށްފަހު، ބަދަލުހިފުމުގެ ބާރު އަތަށް ލިބުނު ހިނދު އާމިނާ ބަހްރާމީ އިޚްތިޔާރުކުރީ މާފުކުރުމުގެ މަތިވެރި ރީތި ނަމޫނާއެވެ.

7
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top