ބޭނުންވާ ތަކެތި:
– 5 ކުކުޅު ބިސް
– 200 ގްރާމް އައިސިން ޝުގާ
– 15 ގްރާމް ޖެލެޓިން ޕައުޑާ
– 25 ގްރާމް ކޮކޯ ޕައުޑާ
– 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
– 250 އެމްއެލް ވިޕް ކްރީމް
– 1/2 ޖޯޑު ހޫނު ފެން
* ތައްޔާރު ކުރާނެ ގޮތް:
– ހޫނު ފެނުފޮދުގައި ޖެލަޓިން ގިރާލާށެވެ.
– ދެން އެހެން ތައްޓެއްގައި ބިހާއި އައިސިން ޝުގާ 10 މިނިޓް ވަންްދެން ވަަރަށް ރަނގަޅަށް ގިރާލާށެވެ.
– އެއަށް ފަހު މީގެ ތެރެއަށް ޖެލަޓިން، ކޮކޯ ޕައުޑާ، ވެނީލާ އެސެންސާއި ވިޕް ކްރީމް އަޅައިގެން 15 މިނިޓް ވަންދެން ގިރާށެވެ.
ދެން އައިސްއަލަމާރި އަށް ލާފައި 35 މިނިޓް ވަންދެން ބެހެއްޓާށެވެ.
ކިޔުންތެރިންގެ ޚިޔާލު
