ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ތުމްބަޅް 2 ” ގެ ޝޫޓިން ފަށައިފި

ސޯހަމް ޝާހް ލީޑް ރޯލުން ފެނިގެންދާ “ތުމްބަޅް 2” ގެ ޝޫޓިން ފަށައިފިއެވެ.

އިއްޔެ ކުލަގަދަ ރަސްމިއްޔާތަކާއެކު ފިލްމު ފެށިއިރު މި ރަސްމިއްޔާތުގައި ޕްރޮޑިއުސަރު ޑރ. ޖަޔަންތީލާލް ގާޑާ، ދަވާލް ގާޑާ، ބޮނީ ކަޕޫރު އަދި ޓުޓު ޝާމާ ބައިވެރިވެފައިވެއެވެ. މި ފިލްމުގައި ނަވާޒުއްދީން ސިއްދީގީ ވެސް ހިމެނޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

މުމްބާއީގައި 7 އާއި 8 އެކަރުގެ ބިޔަ ލޮކޭޝަނެއްގައި ޝޫޓިން ފެށިފައިވާއިރު، އެ ސެޓުގައި މުޅި ރަށެއް ދައްކައިދޭ ގޮތަށް ވަނީ ބިނާކޮށްފައެވެ. ފުރަތަމަ ފިލްމަށްވުރެ ބޮޑުކޮށް ތައްޔާރުކޮށްފައިވާ މި ސީކުއެލްގެ ތެރެއަށް ބެލުންތެރިންނަށް އިތުރަށް ގެނބިގެންދެވޭ ފަދަ ތަޖުރިބާއެއް ގެނެސްދިނުމަށް އެ ޓީމުން އަމާޒު ހިފާފައިވެއެވެ.

ދާދި ފަހުން ފިލްމުގެ މޯޝަން ޕޯސްޓަރުވެސް ވަނީ އާންމުކޮށްފައެވެ. ފިލްމުގެ ޕްރޮސްތެޓިކް ޑިޒައިނަރު ޝޯން ހެރިސަން ބުނީ މައިގަނޑު ކެރެކްޓަރުގެ ތަފާތު ތިން ސިފަ ދައްކައިދޭން ޖެހޭ ކަމަށާއި، އެކަމަށް ކުރިއަރާފައިވާ ޕްރޮސްތެޓިކް މޭކަޕް ބޭނުންވާ ކަމަށެވެ. ޝޫޓިން ތެރޭގައި އެއްގޮތް ކެރެކްޓަރެއް ދެމެހެއްޓުމަށް ތަފާތު ވާޝަންތައް ވެސް ތައްޔާރުކުރަމުންދާކަމަށް އޭނާ ބުންޏެވެ.

“ތުމްބަޅް”ގެ ފުރަތަމަ ބައި ވަނީ ހިންދީ ސިނަމާގެ އެންމެ މޮޅު ފެންޓަސީ-ހޮރޯ ފިލްމުތަކުގެ ތެރޭގައި ހިމެނި، ކަލްޓް ފޮލޯވިންއެއް ހޯދާފައެވެ. 2024 ގައި އަލުން ރިލީޒްކުރުމުން އައު ބެލުންތެރިންތަކެއް ލިބި، ސީކުއެލް އިއުލާންކުރުމާ ހަމައަށް ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ.
އާދޭޝް ޕްރަސާދު ޑައިރެކްޓްކުރާ މި ފިލްމު ޕްރޮޑިއުސް ކުރަނީ ސޯހަމް ޝާހް ފިލްމްސް އިންނެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top