ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ތުމްބަޅް 2 ” ގައި އާލިއާ ބަޓްގެ ޚާއްސަ ރޯލެއް؟

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓްގެ ވަރަށް ޚާއްސަ ރޯލެއް “ތުމްބަޅް 2” އިން ފެނިގެންދާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ސޯހަމް ޝާހް އާއި ނަވާޒުއްދީން ސިއްދީޤީ މުހިންމު ރޯލުތަކުން ފެނިގެންދާ “ތުމްބަޅް 2” އަކީ 2018 ވަނަ އަހަރު ރިލީޒްކުރި، ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބުނު ހޮރޯ-ފެންޓަސީ ފިލްމު “ތުމްބަޅް” ގެ ދެވަނަ ބައެވެ. މި ފިލްމުގައި އާލިއާ ބައިވެރިވާން ނިންމާފައިވަނީ ފިލްމުގެ ވާހަކަ ވަރަށް ބޮޑަށް ކަމުގޮސްގެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާ ކުޅޭނީ ކޮންކަހަލަ ރޯލެއް ކަމެއް އަދި ފިލްމު އުފައްދާ ފަރާތުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

“ތުމްބަޅް” ގެ ފުރަތަމަ ބަޔަކީ އޭގެ ތަފާތު ސިނަމަޓޯގްރަފީ އާއި ޝައުޤުވެރި ވާހަކައިގެ ސަބަބުން ކްރިޓިކުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމެކެވެ. އެހެންކަމުން، މި ފިލްމުގެ ދެވަނަ ބަޔަށް ބޮލީވުޑްގެ އެންމެ ކުރީގައި ހުރި ބަތަލާއެއް ކަމަށްވާ އާލިއާ ބަޓް ގުޅުމަކީ ފިލްމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

މިދިޔަ އޭޕްރިލް މަހު ޝޫޓިން މި ފިލްމުގެ ޝޫޓިން ފަށާފައިވާއިރު، ނަވާޒުއްދީން ސިއްދީޤީ ފަދަ މޮޅު އެކްޓަރަކު މި ޕްރޮޖެކްޓާ ގުޅުމަކީވެސް ބެލުންތެރިންގެ މެދުގައި ފިލްމަށް އޮތް އިންތިޒާރު ބޮޑުވެގެންދާނެ ކަމެކެވެ. އާލިއާގެ ބައިތައް މި ހިނގާ މެއި މަހުގެ 3 ވަނަ ދުވަހު ޝޫޓްކުރަން ނިންމާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ފުރަތަމަ ބައެކޭ އެއްގޮތަށް “ތުމްބަޅް” ގެ ދެވަނަ ބައިވެސް ޑައިރެކްޓްކުރާނީ އާދޭޝް ޕްރަސާދެވެ. ސޯހަމް ޝާހް ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ 3 ޑިސެމްބަރު 2027 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top