ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޕަރީ” ފިލްމުގެ ޓިކެޓް ވިއްކާ ވެބްސައިޓަށް ސައިބާ އެޓޭކްތަކެއް!
ފިލްމު "ޕަރީ - ޗެޕްޓަރ 2" ގެ ޕޯސްޓަރެއް ބޭނުންކޮށްގެން ހަދާފައިވާ ގްރެފިކެއް / މުނިއަވަސް

“ޕަރީ – ޗެޕްޓާރ 1” އަދި “ޗެޕްޓާ 2″ގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ހަދާފައިވާ ވެބްސައިޓަށް ފުލުފުލުގައި ސައިބާ އެޓޭކްތަކެއް އަންނަމުންދާ ކަމަށް އެ ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި ފިލްމުގެ ޑައިރެކްޓަރު ޢަލީ ސީޒަން ބުނެފިއެވެ.

މީޑިއާތަކާ ހިއްސާކުރި ވީޑިއޯއެއްގައި ސީޒަން ބުނީ މި އެޓޭކްތަކުގެ ސަބަބުން ވެބްސައިޓް އެއްކޮށް ސްޓޭބަލް ނުކުރެވި، އޮންލައިންކޮށް ޓިކެޓް ނެގުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް ޓެކްނީޝަނުން ވަރަށް ބުރަކޮށް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް ހައްލެއް ގެނެސްދޭނެ ކަމަށް ސީޒަން ބުންޏެވެ.

އޮންލައިންކޮށް ޓިކެޓް ނެގުމުގައި ދަތިވާ ނަމަ ކައުންޓަރަށް ގޮސްގެން ޓިކެޓް ލިބޭނެ ކަމަށް ވެސް އެ ޓީމުން ބުންޏެވެ.

“ކޮންމެ ބަޔަކު ކުރިއަސް، ކޮންމެ މީހަކު މީގެ ފުރަގަހުގައި ހުރެގެން މިކަން ކުރިއަސް، ދެން ވަރަށް ދަށު ދަރަޖައިގެ ކަންކަން މި ހުންނަނީ. ފިލްމެއްގެ ޓިކެޓް ވިއްކާ ވެބްސައިޓަކަށް ސައިބާ އެޓޭކެއް ދީ ޓިކެޓު ގަންނަން ތިބި މީހުންނަށް އުނދަގޫކޮށްލީމަ ދެން ވަރަށް ހެއްވާ ކަންކަން މި ހުންނަނީ”

ސީޒަންގެ ވީޑިއޯ ކްލިޕްގައި ބުނެފައިވެއެވެ.

@muniavas Paree Chapter 2 in dhey varah muhimmu message eh! @Seaxanali ♬ original sound – MUNIAVAS

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top