ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮފީސް ލީގް 2026: ދެވަނަ ރޭގެ ނަތީޖާތައް
ނައުސަމް ވަހީދު / އިމޭޖްސް މޯލްޑިވްސް

ބިގްގޭމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އޮފީސް ލީގް 2026” ފުޓްސަލް މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ދެވަނަ ރޭވެސް ވަނީ ފެނިގެން ގޮސްފައެވެ. ރޭ ކުޅެވުނީ މުބާރާތުގެ ގްރޫޕް ‘ސީ’ އަދި ‘ޑީ’ ގެ މެޗުތަކެވެ.

ރޭގެ މެޗުތަކުގެ ނަތީޖާ:

މެޗު 1 (ގްރޫޕް ސީ): ކަސްޓަމްސް ރެކްރިއޭޝަން ކުލަބް 5 – 1 ސްމާރޓް އޯން
ރޭގެ ފުރަތަމަ މެޗުގައި ކަސްޓަމްސް އިން ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކައި، ފަސޭހަކަމާއެކު ސްމާރޓް އޯން ބަލިކޮށްފައެވެ. މި މެޗުގައި ކަސްޓަމްސްގެ އިބްރާހީމް ހޫދު އައްބާސް ހެޓްރިކެއް ހެދިއިރު، ހުސެއިން އިލްޔާސް ސައީދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ސްމާރޓް އޯންގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަހްމަދު އަލީއެވެ.

🏅 މެޗްގެ މޮޅު ކުޅުންތެރިޔާ: ކަސްޓަމްސްގެ ހުސެއިން އިލްޔާސް ސައީދު

މެޗު 2 (ގްރޫޕް ސީ): އެސްޓީއޯ 4 – 1 ރައީސް އޮފީސް
ދެވަނަ މެޗުގައި އެސްޓީއޯއިން ވަނީ ރައީސް އޮފީހުގެ މައްޗަށް ކުރިހޯދާފައެވެ. އެސްޓީއޯއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި ނާހިޒް އަލީއާއި، މުޙައްމަދު އަހްމަދު އަދި ރިލްވާން ޝަރީފެވެ. ރައީސް އޮފީހުގެ ލަނޑު ކާމިޔާބުކުރީ މުޙައްމަދު އަޝްރަފެވެ.

🏅 މެޗްގެ މޮޅު ކުޅުންތެރިޔާ: އެސްޓީއޯގެ ރިލްވާން ޝަރީފު

ނައުސަމް ވަހީދު / އިމޭޖްސް މޯލްޑިވްސް

މެޗު 3 (ގްރޫޕް ޑީ): ޕޮލިސް ކުލަބް 3 – 1 މެޑްޓެކް
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕޮލިސް ކުލަބުން ވަނީ މެޑްޓެކްގެ މައްޗަށް ކުރިހޯދާފައެވެ. ޕޮލިސް ޓީމަށް އަލީ ރިޝްވާން އަހްމަދު ދެ ލަނޑު ޖަހައިދިންއިރު، އަނެއް ލަނޑު ކާމިޔާބުކުރީ ހުސެއިން ސިލްމީޒްއެވެ. މެޑްޓެކްގެ ހަމައެކަނި ލަނޑު ޖެހީ މުޙައްމަދު މިންވާލްއެވެ.

🏅 މެޗްގެ މޮޅު ކުޅުންތެރިޔާ: ޕޮލިސް ކުލަބުގެ ކެޕްޓަން އަލީ ރިޝްވާން އަހްމަދު

މެޗު 4 (ގްރޫޕް ޑީ): ކުލަބް އާސަންދަ 8 – 5 ފަރި ރެކްރިއޭޝަން ކުލަބް
މިއީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ލަނޑު ފެނިގެންދިޔަ ފޯރިގަދަ މެޗެވެ. އާސަންދަ ޓީމަށް މުޙައްމަދު ފައިޒާން ފާއިޒް، ހުސެއިން ސަނީ އަދި އަހްމަދު އަބްދުﷲ (ލިލީ) ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، މުޙައްމަދު ރިލްވާން އެއް ލަނޑު ޖެހިއެވެ. ފަރި ރެކްރިއޭޝަންގެ ސަމްހު ސައިން މުޙައްމަދު ދެ ލަނޑު ޖެހިއިރު، ރަޔަން އަލީ ވަހީދު، މުޙައްމަދު ލަޔާން އަހްމަދު އަދި އަހްމަދު މައީސް ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބުކުރިއެވެ.

🏅 މެޗްގެ މޮޅު ކުޅުންތެރިޔާ: އާސަންދަގެ މުޙައްމަދު ފައިޒާން ފާއިޒް

މި މުބާރާތުގެ ކުޅުން މާދަމާރޭވެސް ކުރިއަށްދާނެއެވެ. މާދަމާރޭ ބައްދަލުކުރާ ޓީމުތަކަކީ:

1- ކުލަބް މާލެ ސިޓީ – ސްޓެލްކޯ

2- މިފްކޯ – ކުލަބް ހައްޖު

3- އެމްއައިބީ – ކުލަބް ސިޓީސް މިނިސްޓްރީ

4- އެމްޓީސީސީ – ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top