ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަނީ ޑިއޯލްގެ އާ އެކްޝަން ފިލްމަށް “ލަކަން” ގެ ނަމުން ނަންދީފި
ސަނީ ޑިއޯލްގެ އާ އެކްޝަން ފިލްމަށް ކިޔަނީ "ލަކަން" / ޕިންކްވިލާ

ބޮލީވުޑް އެކްޝަން ތަރި ސަނީ ޑިއޯލް އާއި “ކިލް”ގެ ޑައިރެކްޓަރު ނިކިލް ނަގެޝް ބަޓް ގުޅިގެން ހަދާ އާ ފިލްމަށް “ލަކަން”ގެ ނަމުން ނަން ދީ، އޮކްޓޫބަރުގައި ޝޫޓިން ފެށުމަށް ތައްޔާރުވެއްޖެއެވެ.

“ބޯޑަރ 2″ގެ ކާމިޔާބީއަށް ފަހު ސަނީ ޑިއޯލް ބެލުންތެރިންގެ ކުރިމައްޗަށް ގެނެސްދޭ މި ފިލްމަކީ ބޮޑު ސްކޭލެއްގައި ތައްޔާރުކުރާ އެކްޝަން ފިލްމެކެވެ. ފިލްމުގެ ސްކްރިޕްޓް ލިޔުމާއި، އެކްޝަން ޑިޒައިނާއި، ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށް އެބަ ދެއެވެ.

މިއީ ހައި-އެނާޖީ އަދި ބެލުންތެރިން ފޯރިއަރުވާނެ މަންޒަރުތަކުން ފުރިފައިވާ ބޮޑު ސްކޭލެއްގެ އެކްޝަން ފިލްމެއް. ސަނީ ޑިއޯލްގެ އެތައް ތަފާތު ސީކުއެންސެއް ފެނިގެންދާނެ. ފިލްމުގެ ޝޫޓިން ފެށޭނީ އޮކްޓޫބަރުގައި، ކަމަށް މަސްދަރަކުން ބުނެފައިވެއެވެ.

“ކިލް”ގައި ނިކިލް ނަގެޝް ބަޓް ދައްކުވައިދިން އެކްޝަން ވިޝަނާ އެކު، “ލަކަން” ގައިވެސް އެ ފެންވަރުގެ ފޯރިގަދަ އެކްޝަން ބެލުންތެރިންނަށް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

މިވެސް ކިޔާލަން:  "ބަޓްވާރާ 1947 " އަށް މަސްހުނި ފާޑުކިޔުންތަކެއް، ޝަބާނާއަށް ތައުރީފު
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top