ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް މިހާރު ކުޅެން ތައްޔާރުވަމުން އަންނަ ފިލްމުގެ ނަން “ޕަރްޝޫރާމް” އަށް ބަދަލުކޮށްފިއެވެ.
ކުރިން “ލަކަން” ގެ ނަން ދީފައިވާ މި ފިލްމަކީ 2024 ވަނަ އަހަރު ސިނަމާތަކުގައި އެޅުވި ހިންދީ ފިލްމު “ކިލް” ގެ ޑައިރެކްޓަރު ނިކިލް ނަގޭޝް ބަޓްއާއެކު ސަނީ މަސައްކަތްކުރާ ފުރަތަމަ ފުރަތަމަ ފިލްމެވެ. ވަރުގަދަ އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަށް ވަގުތީ ގޮތުން “ލަކަން” ގެ ނަން ދިން ނަމަވެސް ޓީމުން ދިޔައީ ފިލްމަށް ރަނގަޅު ނަމެއް ހޯދަން މަސައްކަތްކުރަމުން ކަމަށް ފިލްމާއި ގާތް މަސްދަރަކުން ހާމަކޮށްފައިވެއެވެ.
“ލަކަން” އާއި “ޕަރްޝޫރާމް” އަކީ ވެސް ވަރުގަދަ ދެ ނަން ކަމަށާއި ނަމަވެސް ފިލްމުގެ ރޫޙާއި ސަނީ ޑިއޯލް ކުޅޭ ވަރުގަދަ ކެރެކްޓާއާ ބޮޑަށް ގުޅެނީ “ޕަރްޝޫރާމް” ކަމަށް ވެސް އެ މަސްދަރުން ހާމަކޮށްފައިވެއެވެ. އަދި ފިލްމުގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހު ފެށުމަށް ހަމަޖެހިފައިވާއިރު، މި ފިލްމާއިބެހޭ އިތުރު ތަފްސީލުތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ 2027 ވަނަ އަހަރުގެ ފަހުކޮޅުކަމަށް ޚަބަރުތައް ބުނެއެވެ.
