ލ. ގަމުގައި އޮންނަ ތާރީޚީ ބޮޑަ ފެންގަނޑަ ބަލާލުމަށް ހެދި ޚާއްޞަ ވިއުވިން ޕްލެޓްފޯމް ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ. މި ޕްލެޓްފޯމް ހުޅުވާފައިވަނީ މިމަހު 10ވީ ހުކުރުދުވަހު ހަވީރުގެ ވަގުތެއްގައެވެ.
މި ޕްލެޓްފޯމަކީ އެންދެރި ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަސައްކަތުގައި ލ. ގަމު ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.
“ޕަރީ ފެންގަނޑު”ގެ ނަމުންވެސް މަޝްހޫރުވެގައިވާ ބޮޑަ ފެންގަނޑުގައި ގާއިމުކުރި ޕްލެޓްފޯމަކީ ޖުމްލަ 450,000 ރުފިޔާގެ ބަޖެޓަކުން ކުރިއަށް ގެންދިޔަ މި މަޝްރޫއެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
މި ޕްލެޓްފޯމް ހުޅުވުމާ ގުޅިގެން، ޒިޔާރަތްކުރާ ފަރާތްތަކަށް ފެންގަނޑުގެ ތެރޭގައި ދުއްވާލެވޭ ގޮތަށް 2 ކެނޯ ވެސް އެ ސަރަޙައްދުގައި ވަނީ ބާއްވައިފައެވެ.

ގަމު “ބޮޑަ ފެންގަނޑަ” ބަލާލެވޭ ޕްލެޓްފޯމް / ލާމު އެމްވީ ވީޑިއޯއަކުން
ބޮޑަ ފެންގަނޑައަކީ ލ. ގަމުގެ މުހިންމު ތާރީޚީ ބިނާތަކާއި ގުދުރަތީ ވަސީލަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ތަނެކެވެ. މި ޕްލެޓްފޯމް ޤާއިމުކުރުމުގެ މައިގަނޑު މަޤުޞަދަކީ އެ ސަރަޙައްދު އިތުރަށް ތަރައްޤީކޮށް، ފަތުރުވެރިންނާއި އާންމުން ޝައުޤުވެރިވާ ފަދަ މަންޒިލަކަށް ހެދުމެވެ.
@muniavas Have you ever taken a Fish Pedicure from Gan Paree Fengandu? ގަމު ޕަރީ ފެންގަނޑުން “ފިޝް ޕެޑިކިއޯ” ނަގައިފިންތަ؟ #gan #pareefengandu #reethilaamu ♬ “Relaxing BGM” Clear harmony carried by the wind – Focus Forest – Working BGM
