ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އެކްސް” އިން މެސެޖިން އެޕް “އެކްސްޗެޓް” އައިފޯނާއި އައިޕެޑަށް ނެރެނީ
އެކްސްޗެޓް

ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވި އެކްސް ޕްލެޓްފޯމުން “އެކްސްޗެޓް”ގެ ނަމުގައި ވަކި މެސެޖިން އެޕެއް އައިފޯނާއި އައިޕެޑަށް ނެރެން ތައްޔާރުވެއްޖެއެވެ.

އެޕަލްގެ ޕްރެސް ރިލީޒްގައިވާ ގޮތުން މި އެޕުން އެންޑް-ޓު-އެންޑް އެންކްރިޕްޝަން ފޯރުކޮށްދޭނެ ކަމަށާއި، އެޕްގައި އިޝްތިހާރެއް ނުހުންނާނެ ކަމަށާއި، ޓްރެކިންވެސް ނުކުރާނެ ކަމަށް ބުނެފައިވެއެވެ. އެކްސްގައި މިހާރުވެސް ލިބެން ހުންނަ ޓެކްސްޓް މެސެޖުގެ އިތުރުން، އެކްސްޗެޓް މެދުވެރިކޮށް އޯޑިއޯ އަދި ވީޑިއޯ ކޯލް ކުރެވޭނެ ކަމަށާއި، ޑޮކިއުމެންޓް ފޮނުވުމާއި، ގްރޫޕް ޗެޓް ހެދުމާއި، ފޮނުވާ މެސެޖުތައް އެޑިޓް ކުރުމާއި ޑިލީޓް ކުރުމުގެ ފީޗާވެސް ހުންނާނެއެވެ. އެކްސް އިން ހިއްސާކޮށްފައިވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި އެޕްގެ އިންޓަފޭސް ވަރަށް ސާދާވެފައި، “ވާހަކަ ދެއްކުމަށް ޚާއްޞަ ޕްރައިވެޓް، ފޯކަސްޑް ސްޕޭސެއް”ގެ ގޮތުގައި ފަރުމާކޮށްފައިވެއެވެ.

ނަމަވެސް “ޕްރައިވެސީ” އާއި “އެންޑް-ޓު-އެންޑް” އެންކްރިޕްޝަނުގެ ވާހަކަ ދައްކާއިރު، އެކްސް ބޭނުންކުރާ ބައެއް މީހުން ވަނީ އެޕްގެ ޕްރައިވެސީ ޕޮލިސީގައި ފާހަގަވާ ފުށުއެރުންތަކެއް ހުރި ކަމަށް ބުނެފައެވެ. ލޮކޭޝަނާއި ކޮންޓެކްޓް ލިސްޓާއި ސާޗް ހިސްޓަރީ އަދި ޔޫޒާ ޕްރޮފައިލް ފަދަ ގިނަ ޒާތީ މަޢުލޫމާތު އެޕާ ލިންކުކޮށްފައިވާ ކަމަށް އެ ޔޫޒަރުން ފާހަގަކޮށްފައިވެއެވެ. މީގެ ކުރިން މި މަހު އީލޮން މަސްކް ވަނީ ވަޓްސްއެޕްގެ ޕްރައިވެސީ ޕޮލިސީއަށް ފާޑުކިޔައިފައެވެ. ވަޓްސްއެޕުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އެކްސްޗެޓް ބޭނުންކުރެވޭނީ ހަމައެކަނި އެކްސް އެކައުންޓެއް އޮންނަ ފަރާތްތަކަށެވެ. މި އެޕް ނެރެނީ ހަމައެކަނި އައިފޯނާއި އައިޕެޑަށް ކަމުން، އެންޑްރޮއިޑް މާކެޓް ވަނީ ބާކީވެފައެވެ. ސިގްނަލް އަދި ވަޓްސްއެޕް ފަދަ އެޕްތައް ބޭނުންކުރުމަށް ވަކި ޕްލެޓްފޯމެއްގެ އެކައުންޓެއް ބޭނުންނުވާ ހިނދު، އެކްސްޗެޓަށް އެ ފެންވަރުގައި ވާދަކުރެވޭ ވަރަށް ޔޫޒަރުން ލިބޭނެތޯ ބެލެން އޮތީ ކުރިއަށެވެ. މި އެޕް ނެރެން ހަމަޖެހިފައިވަނީ އެޕްރީލް 17 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top